މައިގަނޑު ބަޔަށް ދާން

ހަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޢަލީ ސަމީރަށް މަޖިލީހުން ރުހުން ދީފި

ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޢަލީ ސަމީރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޢަލީ ސަމީރަށް މަޖިލީހުން ރުހުން ދީފި

ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޢަލީ ސަމީރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

މިއަދުގެ ޖަލްސާގައި ސަމީރަށް ރުހުން ދިނުމަށް ފާސްވީ 55 މެންބަރުންގެ އިއްތިފާޤުންނެވެ. މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިދިޔަ ބުދަ ދުވަހު ވެސް ސަމީރު އެ މަގާމަށް ޢައްޔަންކުރުމަށް ފެންނަ ކަމަށް ފާސްކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުގައި މި ޖާގަ ހުސްވަނީ އެ ކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަންނަ މަހު ރިޓަޔާ ކުރައްވާތީއެވެ. މި މަގާމަށް ސަމީރުގެ އިތުރުން ހައިކޯޓުގެ ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމް ވެސް ކުރިމަތިލެއްވިއެވެ.

ސަމީރު ވަނީ 2011 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ ނިޔަލަށް ހައިކޯޓުގެ ފަނޑިޔާރުކަން އަދާކުރައްވައިފައެވެ. އޭގެ ކުރިން މަދަނީ ކޯޓުގައި މަސައްކަތްކުރެއްވި އިރު، ފަހުން ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ވެސް ފުރުއްވައިފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.