މައިގަނޑު ބަޔަށް ދާން

ހަބަރު

ފިކުރީ މުދަލާ ބެހޭ އޮފީހުގެ ރަޖިސްޓްރާއަކަށް ސިޔާޒް ޢައްޔަންކޮށްފި

އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަބްދުﷲ ސިޔާޒް، މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ ރަޖިސްޓްރާގެ މަގާމަށް މިއަދު ޢައްޔަންކޮށްފިއެވެ.

ފިކުރީ މުދަލާ ބެހޭ އޮފީހުގެ ރަޖިސްޓްރާއަކަށް ސިޔާޒް ޢައްޔަންކޮށްފި

އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަބްދުﷲ ސިޔާޒް، މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ ރަޖިސްޓްރާގެ މަގާމަށް މިއަދު ޢައްޔަންކޮށްފިއެވެ.

ރަޖިސްޓްރާ އޮފް އިންޓެލެކްޗުއަލް ޕްރޮޕަރޓީގެ މަގާމަކީ އެ އޮފީސް ހިންގުމުގެ އެންމެ އިސް މަގާމެވެ. މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހަކީ ރާއްޖޭގައި ފިކުރީ މުދަލުގެ ޙައްޤުތައް ޙިމާޔަތްކޮށް، ކުރިއެރުވުމަށާއި ތަންފީޒުކުރުމަށް ޤާއިމުކޮށްފައިވާ އޮފީހެކެވެ.

އެ އޮފީހުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ފިކުރީ މުދާ ރަޖިސްޓަރީކުރުމާއި، އެ ތަކެތީގެ ދަފުތަރެއް ބެލެހެއްޓުމާއި، ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ ޖަމާޢަތްތަކާ ގުޅުން ބަދަހިކޮށް ފަންނީ އެހީ ހޯދުން ހިމެނެއެވެ. އޭގެ އިތުރުން ފިކުރީ މުދަލާ ގުޅޭ ބައިނަލްއަޤުވާމީ މުޢާހަދާތަކުގައި ބައިވެރިވުމާ ގުޅޭ ކަންކަން ވިލަރެސްކުރުމާއި، އެ ދާއިރާއިން އަންނަ ކުރިއެރުންތައް ދިރާސާކުރުމަކީ ވެސް އެ އޮފީހުގެ ޒިންމާއެކެވެ.

ފިކުރީ މުދަލާ ގުޅޭ ޤާނޫނުތަކުން ލިބިދޭ ޙައްޤުތަކާ މެދު ޢާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމާއި، އެ ޤާނޫނުތަކުގެ ދަށުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ދިނުމަކީ ވެސް އެ އޮފީހުގެ މެންޑޭޓުގައި ހިމެނޭ ކަންކަމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.