މައިގަނޑު ބަޔަށް ދާން

ހަބަރު

ނުނިމި ހުރި ބިލުތައް ފާސްކުރުމަށް މަޖިލީހުގެ ތިންވަނަ ދައުރު ދިގުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރު ޑިސެމްބަރު 15 ގެ ނިޔަލަށް ދިގުދެންމުމަށް މިއަދުގެ ޖަލްސާއިން ފާސްކޮށްފިއެވެ.

ނުނިމި ހުރި ބިލުތައް ފާސްކުރުމަށް މަޖިލީހުގެ ތިންވަނަ ދައުރު ދިގުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރު ޑިސެމްބަރު 15 ގެ ނިޔަލަށް ދިގުދެންމުމަށް މިއަދުގެ ޖަލްސާއިން ފާސްކޮށްފިއެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ތިންވަނަ ދައުރު ހިނގާނީ އޮކްޓޫބަރު މަހުން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި ނިންމަންޖެހޭ މަސައްކަތްތައް ނުނިމި ހުރުމާ ގުޅިގެން ދައުރު ވަނީ ދިގުކޮށްފައެވެ.

މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ މިއަދުގެ ޖަލްސާގައި ވިދާޅުވީ "މި ދައުރުގެ ތެރޭގައި ނިންމަންޖެހޭ މުހިންމު މަސައްކަތްތައް އަދި ނުނިމި އެބަހުރި" ކަމަށެވެ.

މަޖިލީހުގައި މިހާރު ނުނިމި ހުރި ބިލުތަކުގެ ތެރޭގައި ރިއަލް އެސްޓޭޓާ ބެހޭ ބިލާއި ކޯޓުތަކުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ހިމެނެއެވެ. މި އަހަރުގެ ކުރީ ދެ ދައުރު ވެސް މުއްދަތު އިތުރުކޮށްގެން ކުރިއަށް ގެންގޮސްފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.