މައިގަނޑު ބަޔަށް ދާން

ހަބަރު

ފުނަދޫ އަލިފާނުން ގެއްލުން ލިބުނު ގޭގެ 11 މީހަކަށް އެންޑީއެމްއޭއިން ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިފި

ށ. ފުނަދޫގައި މިއަދު ރޯވި ގެއެއްގައި ދިރިއުޅޭ 11 މީހަކަށް ވަގުތީ ގޮތުން ދިރިއުޅެން ތަނެއް ހަމަޖައްސައިދީފިއެވެ.

ފުނަދޫ އަލިފާނުން ގެއްލުން ލިބުނު ގޭގެ 11 މީހަކަށް އެންޑީއެމްއޭއިން ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިފި

ށ. ފުނަދޫގައި މިއަދު ރޯވި ގެއެއްގައި ދިރިއުޅޭ 11 މީހަކަށް ވަގުތީ ގޮތުން ދިރިއުޅެން ތަނެއް ހަމަޖައްސައިދީފިއެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، އަލިފާނުގައި ގެއްލުން ލިބުނު ގޭގެ މީހުންނަށް ބޯހިޔާވަހިކަމާއެކު ކެއިންބުއިމުގެ އިންތިޒާމު ވެސް ހަމަޖައްސައިދީފައިވާ ކަމަށެވެ. އެ އިންތިޒާމުތައް ހަމަޖައްސައިދީފައިވަނީ ފަސް ދުވަހަށެވެ.

އަލިފާނުގެ ސަބަބުން އެ ގެއަށް ލިބިފައިވަނީ ވަރަށް ބޮޑު ގެއްލުމެކެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާގެ ޚަބަރު އަޑުއެއްސެވީ ނުހަނު ކަންބޮޑުވުމާއި ފުން ހިތާމައާއެކު ކަމަށެވެ.

ހާދިސާގައި ލިބުނު ގެއްލުންތައް އެންޑީއެމްއޭއިން މިހާރު ވަޒަންކުރަމުން ގެންދެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.