ފުނަދޫ އަލިފާނުގެ ހާދިސާ ބެލުމަށް ފުލުހުންގެ ޚާއްޞަ ޓީމެއް ފޮނުވަނީ
ށ. ފުނަދޫ ޕެޓްރޯލް ޝެޑްގައި ރޯވި އަލިފާނުގެ ހާދިސާ ތަޙުޤީޤުކުރުމަށް މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ޚާއްޞަ ޓީމެއް މާދަމާ ހެނދުނު އެ ރަށަށް ފޮނުވަން ނިންމި ކަމަށް ފުލުހުން މިރޭ ބުނެފިއެވެ.
ށ. ފުނަދޫ ޕެޓްރޯލް ޝެޑްގައި ރޯވި އަލިފާނުގެ ހާދިސާ ތަޙުޤީޤުކުރުމަށް މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ޚާއްޞަ ޓީމެއް މާދަމާ ހެނދުނު އެ ރަށަށް ފޮނުވަން ނިންމި ކަމަށް ފުލުހުން މިރޭ ބުނެފިއެވެ.
ފުލުހުން ބުނީ ހާދިސާ ހިނގަން ސަބަބުވި ކަންކަން ދެނެގަތުމާއި، ސީން ޕްރޮސެސްކޮށް ތަޙުޤީޤަށް އެހީތެރިވުމަށް އެ ޓީމު ފޮނުވާ ކަމަށެވެ. އަލިފާން ރޯވި ސަރަހައްދު މިހާރު ކޯޑަންކޮށް ބަންދުކޮށްފައިވެއެވެ.
ފުލުހުން ބުނާ ގޮތުގައި، ޕެޓްރޯލް ޝެޑުން ފެށުނު އަލިފާން ފެތުރި، ސައިކަލާއި އިންޖީނު މަރާމާތުކުރާ ގަރާޖަކާއި، ގުދަނަކާއި، ވެހިކަލް ޕާކްކުރާ ކުޑަ ގަރާޖަކާއި، މީހުން ދިރިއުޅެމުންދިޔަ ގެއެއް ބޭނުންނުކުރެވޭ ވަރަށް އަނދާފައިވެއެވެ.
ހާދިސާއާ ގުޅިގެން 18 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. އޭގެ ތެރޭގައި ދުމުގެ އަސަރުކުރުމުން ފަރުވާދިން ފަޔަރފައިޓަރަކާއި ހޮސްޕިޓަލުގެ މުވައްޒަފަކު ހިމެނެއެވެ.
ބާކީ 16 މީހުންނަކީ ހާދިސާގެ ތެރެއިން އެއްޗެހި ގޮވުމުން ސަލާމަތް ހޯދަން މަސައްކަތްކުރަމުން ދިޔައިރު އެކިވަރުގެ އަނިޔާ ލިބުނު މީހުންނާއި، ހާސްވުމުގެ ސަބަބުން ފަރުވާ ބޭނުންވި މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް