މައިގަނޑު ބަޔަށް ދާން

ހަބަރު

ބޭރު ފައިސާ މިމަހުގެ 28 ގެ ނިޔަލަށް މާރުކުރުމަށް މަރުކަޒީ ބޭންކުން ގޮވާލައިފި

ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން، ބޭރު ފައިސާއާ ބެހޭ ޤާނޫނާ އެއްގޮތަށް، މިމަހުގެ 28 ވީ ބުދަ ދުވަހުގެ ނިޔަލަށް ފައިސާ މާރުކޮށް ނިންމުމަށް މަރުކަޒީ ބޭންކުން މިއަދު ހަނދާންކޮށްދީފިއެވެ.

ބޭރު ފައިސާ މިމަހުގެ 28 ގެ ނިޔަލަށް މާރުކުރުމަށް މަރުކަޒީ ބޭންކުން ގޮވާލައިފި

ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން، ބޭރު ފައިސާއާ ބެހޭ ޤާނޫނާ އެއްގޮތަށް، މިމަހުގެ 28 ވީ ބުދަ ދުވަހުގެ ނިޔަލަށް ފައިސާ މާރުކޮށް ނިންމުމަށް މަރުކަޒީ ބޭންކުން މިއަދު ހަނދާންކޮށްދީފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރުނު ނޫސް ބަޔާނުގައި، ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން ޤާނޫނާ އެއްގޮތަށް މާރުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެދިފައިވެއެވެ. އެ ޤާނޫނުގައިވާ ގޮތުން، އެއް މަހަކު ބޭރު ފައިސާއިން ލިބޭ އާމްދަނީ ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން މާރުކުރަން ޖެހެއެވެ.

ސުންގަޑި ހަމަވުމުގެ ކުރިން ޤާނޫނާ އެއްގޮތަށް މާރުކުރުމުގެ އިންތިޒާމު ފުރިހަމަ ނުކުރާ ފަރާތްތަކުގެ ނަންތައް، ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް އާންމުކުރާނެ ކަމަށް ވެސް އެމްއެމްއޭއިން ބުނެފައިވެއެވެ.

މިދިޔަ އޯގަސްޓު މަހު ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ގެނައި އިސްލާހާ އެކު، ރިސޯޓުތަކުން ބޭރު ފައިސާއިން ލިބޭ އާމްދަނީގެ 40 އިންސައްތަ ކޮންމެ މަހަކު ބޭންކުތަކަށް މާރުކުރަން ޖެހެއެވެ. އެ އިސްލާހަށް އަމަލުކުރަން ފެށީ މިދިޔަ ނޮވެމްބަރު 1 އިން ފެށިގެންނެވެ. ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކުން މާރުކުރަން ޖެހެނީ ކުރީގެ ގޮތަށް، ޓޫރިސްޓެއްގެ ބޮލަކަށް 25 ޑޮލަރު ނުވަތަ ޖުމްލަ އާމްދަނީގެ 20 އިންސައްތައެވެ.

ސަރުކާރުގެ ކަމާ ބެހޭ އިދާރާއިން އާންމުކޮށްފައިވާ މައުލޫމާތުން ދައްކާ ގޮތުގައި، މިދިޔަ އަހަރު ޓޫރިޒަމުން ރާއްޖެއަށް 5.6 ބިލިއަން ޑޮލަރު ލިބިފައިވާއިރު، އޭގެ ތެރެއިން 3.8 ބިލިއަން ޑޮލަރު ރާއްޖޭގެ ބޭންކިން ނިޒާމަށް ވަދެފައިވާ ކަމަށް އަންދާޒާކުރެވެއެވެ. ނަމަވެސް އެ ފައިސާގެ ތެރެއިން ބޭންކުތަކަށް މާރުކޮށްފައިވަނީ ހަމައެކަނި 21 އިންސައްތަ ކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ޤާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ރިސޯޓުތަކުން ރާއްޖޭގެ ބޭންކުތަކަށް މާރުކުރަމުން ދިޔައީ 10 އިންސައްތަ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. އެ އިސްލާހުގެ މައިގަނޑު މަޤްޞަދަކީ ބޭންކިން ނިޒާމަށް ޑޮލަރު ވަންނަ މިންވަރު އިތުރުކޮށް، ޑޮލަރުގެ ދަތިކަމަށް ދިގުދެމިހުރި ހައްލެއް ހޯދުމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.