މައިގަނޑު ބަޔަށް ދާން

ކުޅިވަރު

ފުރަތަމަ ޤައުމީ ބީޗް ހޭންޑްބޯލް މުބާރާތަށް ޓީމުތަކުގެ ރަޖިސްޓްރޭޝަން ހުޅުވާލައިފި

ހޭންޑްބޯލް މޯލްޑިވްސްއިން ބާއްވާ ފުރަތަމަ ޤައުމީ ބީޗް ހޭންޑްބޯލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު، ރަޖިސްޓްރީކޮށްފައިވާ ކުލަބުތަކާއި ޖަމްޢިއްޔާތަކަށް ހުޅުވާލައިފިއެވެ.

ފުރަތަމަ ޤައުމީ ބީޗް ހޭންޑްބޯލް މުބާރާތަށް ޓީމުތަކުގެ ރަޖިސްޓްރޭޝަން ހުޅުވާލައިފި

ހޭންޑްބޯލް މޯލްޑިވްސްއިން ބާއްވާ ފުރަތަމަ ޤައުމީ ބީޗް ހޭންޑްބޯލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު، ރަޖިސްޓްރީކޮށްފައިވާ ކުލަބުތަކާއި ޖަމްޢިއްޔާތަކަށް ހުޅުވާލައިފިއެވެ.

ޤައުމީ ބީޗް ހޭންޑްބޯލް މުބާރާތް 2026 ބާއްވަން ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ނޮވެމްބަރު 28 އިން ފެށިގެން ޑިސެމްބަރު 10 ވަނަ ދުވަހާ ހަމައަށެވެ. ކުޅިވަރާ ބެހޭ މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މި މުބާރާތް ބާއްވަނީ ރާއްޖޭގައި ބީޗް ހޭންޑްބޯލް ކުޅިވަރު ކުރިއަރުވައި ފުޅާކުރުމުގެ މަޤްޞަދުގައެވެ.

މުބާރާތުގައި ވާދަކުރަން ބޭނުންވާ ޓީމުތަކަށް ބައިވެރިވުމުގެ ފޯމު ހުށަހަޅަން ވާނީ އޮންލައިން ލިންކެއް މެދުވެރިކޮށެވެ. ފޯމު ހުށަހަޅާނީ (https://forms.gle/MPLySes248aHgqpCA) ލިންކުންނެވެ.

ފޯމު ހުށަހަޅާ މުއްދަތު ހަމަވާނީ 2026 ނޮވެމްބަރު 10 ވަނަ ދުވަހުގެ މެންދުރު 14:00 ގައެވެ. ހޭންޑްބޯލް މޯލްޑިވްސްއިން ބުނެފައިވާ ގޮތުގައި، އެ ގަޑިއަށްފަހު ލިބޭ އެއްވެސް ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.

މިއީ ހޭންޑްބޯލް މޯލްޑިވްސްގެ ފަރާތުން ރާއްޖޭގައި ބާއްވާ ފުރަތަމަ ޤައުމީ ބީޗް ހޭންޑްބޯލް މުބާރާތެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.