ހުޅުމާލެ ފޭސް 2ގައި ޕާކުކޮށްފައި އޮތް ކާރެއް އަނދައި ތިން ކާރަކަށް ގެއްލުންވެއްޖެ
ހުޅުމާލެ ފޭސް 2، ހީނާމާ ހިނގުމުގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޭ ދަންވަރު އަލިފާން ރޯވެ، އެ ކާރު ބޭނުންނުކުރެވޭ ވަރަށް އަނދައި، ކައިރީގައި އޮތް އިތުރު ދެ ކާރަކަށް ވެސް ގެއްލުންވެއްޖެއެވެ.
ހުޅުމާލެ ފޭސް 2، ހީނާމާ ހިނގުމުގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޭ ދަންވަރު އަލިފާން ރޯވެ، އެ ކާރު ބޭނުންނުކުރެވޭ ވަރަށް އަނދައި، ކައިރީގައި އޮތް އިތުރު ދެ ކާރަކަށް ވެސް ގެއްލުންވެއްޖެއެވެ.
ފުލުހުން ބުނީ މި ހާދިސާގެ މަޢުލޫމާތު ލިބުނީ ރޭ ދަންވަރު 02:15 އެހާކަންހާއިރު ކަމަށެވެ. ޚަބަރު ލިބުމާ އެކު ފުލުހުންނާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން އެ ސަރަޙައްދަށް ގޮސް ހަރަކާތްތެރިވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ ގޮތުން ކުރި މަސައްކަތުން ދަންވަރު 02:26 ހާއިރު އަލިފާންގަނޑު އެއްކޮށް ނިއްވައިލެވުނު ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. އަލިފާން ރޯވި ކާރަށް ބޮޑެތި ގެއްލުންތައް ލިބި، ދެން ބޭނުންނުކުރެވޭ ޙާލަތަށް ވެއްޓިފައިވާ އިރު، ކައިރީގައި ޕާކުކޮށްފައި އޮތް އިތުރު ދެ ކާރަކަށް ވެސް ގެއްލުންވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް