މައިގަނޑު ބަޔަށް ދާން

ހަބަރު

ވަރަ އެކްސްޕޯ 2026 - ސައޫދީ ތަޢުލީމީ ފުރުޞަތުތަކުގެ މަޢުލޫމާތު ދިނުމަށް ސްޓޯލެއް ޤާއިމުކޮށްފި

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ފެށި ވަރަ އެކްސްޕޯ 2026 ގައި ރާއްޖޭގައި ހުންނަ ސައޫދީ އަރަބިއްޔާގެ އެމްބަސީން ސްޓޯލެއް ޤާއިމުކޮށް، އެ ޤައުމުން ލިބެން ހުރި ތަޢުލީމީ ފުރުޞަތުތަކުގެ މަޢުލޫމާތު ދިނުމަށް ފަށައިފިއެވެ.

ވަރަ އެކްސްޕޯ 2026 - ސައޫދީ ތަޢުލީމީ ފުރުޞަތުތަކުގެ މަޢުލޫމާތު ދިނުމަށް ސްޓޯލެއް ޤާއިމުކޮށްފި

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ފެށި ވަރަ އެކްސްޕޯ 2026 ގައި ރާއްޖޭގައި ހުންނަ ސައޫދީ އަރަބިއްޔާގެ އެމްބަސީން ސްޓޯލެއް ޤާއިމުކޮށް، އެ ޤައުމުން ލިބެން ހުރި ތަޢުލީމީ ފުރުޞަތުތަކުގެ މަޢުލޫމާތު ދިނުމަށް ފަށައިފިއެވެ.

އެ އެމްބަސީން ބުނި ގޮތުގައި މި ސްޓޯލުގެ ބޭނުމަކީ ސައޫދީ އަރަބިއްޔާގެ ތަޢުލީމީ ފުރުޞަތުތަކާއި، އެކަޑަމިކް ދާއިރާގެ ކުރިއެރުންތަކާއި، "ސައޫދީ ވިޝަން 2030" ގެ ދަށުން ހޯދާފައިވާ ކާމިޔާބީތައް ދައްކާލުމެވެ. ސައޫދީގެ "ސްޓަޑީ އިން ސައޫދީ" އިސްނެގުމުގެ ދަށުން އެ ޤައުމުގެ ޔުނިވަރސިޓީތަކާއި، ސްކޮލަރޝިޕް ފުރުޞަތުތަކާއި، އެކަޑަމިކް ޕްރޮގްރާމްތަކުގެ މަޢުލޫމާތު މި ސްޓޯލުން ލިބޭނެ ކަމަށް އެ އެމްބަސީން ބުނެފައިވެއެވެ. އޭގެ އިތުރުން ދިވެހިރާއްޖެއަށް ޚާއްޞަކޮށްގެން ސައޫދީ އަރަބިއްޔާއިން ހިންގާ ތަޢުލީމީ ޕްރޮގްރާމްތަކާއި، ކިޔެވުމަށް އެދި ހުށަހަޅާނެ ގޮތުގެ ފުރިހަމަ މަޢުލޫމާތު ވެސް ފޯރުކޮށްދޭނެ ކަމަށް ބުނެފައިވެއެވެ.

ސައޫދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ ވަނީ ދިވެހި ހުރިހާ ރައްޔިތުންނަށް، ޚާއްޞަކޮށް ދަރިވަރުންނާއި ބެލެނިވެރިންނާއި ތަޢުލީމީ ދާއިރާގެ ފަރާތްތަކަށް އެ ސްޓޯލަށް ޒިޔާރަތްކުރެއްވުމަށް ދަޢުވަތު ދެއްވައިފައެވެ.

އެ ސްޓޯލް ހުންނާނީ އެކްސްޕޯގެ އެޑިއުކޭޝަން ޒޯނުގެ ބޫތު ނަންބަރު E14 ގައެވެ. ވަރަ އެކްސްޕޯ ކުރިއަށްދާނީ މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.