މައިގަނޑު ބަޔަށް ދާން

ހަބަރު

އިކޯބޫ މޯލްޑިވްސްގައި އެއްޖިންސުން ކައިވެނިކޮށްދިން މައްސަލަ ބަލައިދިނުމަށް ތިނަދޫ ކައުންސިލުން އެދިއްޖެ

ވ. ތިނަދޫގައި ހިންގާ އިކޯބޫ މޯލްޑިވްސް ގެސްޓްހައުސްގައި ދެ އަންހެނެއްގެ މެދުގައި އެއްޖިންސުން ކައިވެނީގެ ހަފުލާއެއް ބޭއްވި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް އެ ރަށު ކައުންސިލުން ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކަށް ހުށަހަޅައިފިއެވެ.

އިކޯބޫ މޯލްޑިވްސްގައި އެއްޖިންސުން ކައިވެނިކޮށްދިން މައްސަލަ ބަލައިދިނުމަށް ތިނަދޫ ކައުންސިލުން އެދިއްޖެ

ވ. ތިނަދޫގައި ހިންގާ އިކޯބޫ މޯލްޑިވްސް ގެސްޓްހައުސްގައި ދެ އަންހެނެއްގެ މެދުގައި އެއްޖިންސުން ކައިވެނީގެ ހަފުލާއެއް ބޭއްވި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް އެ ރަށު ކައުންސިލުން ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކަށް ހުށަހަޅައިފިއެވެ.

ތިނަދޫ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި މި ކައިވެނީގެ ހަފުލާ ބާއްވާފައި ވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 23 ވީ އާދީއްތަ ދުވަހުއެވެ. ކައުންސިލުން ވަނީ މި ޢަމަލާ މެދު އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށް، މައްސަލަ ރަސްމީކޮށް ކަމާ ގުޅުން ހުރި އިދާރާތަކަށް ހުށަހަޅައިފައެވެ.

އެ ބަޔާނުގައި ކައުންސިލުން ފާހަގަކޮށްފައިވާ ގޮތުގައި، އެއްޖިންސުން ކައިވެނިކުރުމާއި އެފަދަ ކަންކަމަށް ހިތްވަރުދޭ ހަރަކާތެއް ދިވެހިރާއްޖޭގައި ހިންގުމަކީ އިސްލާމީ ޝަރީޢަތާއި ރާއްޖޭގެ ޤާނޫނުތަކުން ކަނޑައެޅިގެން މަނާ ކަމެކެވެ. މިފަދަ ޢަމަލެއް ހިންގުމުން ރަށާ މެދު ނުރަނގަޅު ތަސައްވުރެއް އުފެދި، ޢާންމު ރައްޔިތުންނަށާއި ފަތުރުވެރިކަމުގެ ސިނާޢަތަށް ވެސް ނޭދެވޭ އަސަރު ކުރާނެ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

އިސްލާމް ދީނާއި ރާއްޖޭގެ ޤާނޫނުތަކާ ޚިލާފު އެއްވެސް ކަމަކަށް ތާއީދު ނުކުރާނެ ކަން ހާމަކުރަމުން، އިކޯބޫ މޯލްޑިވްސްއިން ހިންގި މި ޢަމަލާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމުގެ ޔަޤީންކަން ވެސް ކައުންސިލުން ވަނީ ދީފައެވެ. ރަށުގައި ހިންގާ ހުރިހާ ގެސްޓްހައުސްތަކާއި ފަތުރުވެރިކަމުގެ ވިޔަފާރިތަކުން ޚިދުމަތް ދިނުމުގައި އިސްލާމީ ހަމަތަކަށާއި ޤާނޫނުތަކަށް ފުރިހަމައަށް އިޙުތިރާމްކޮށް، ދީނާއި ޤާނޫނާ ޚިލާފު ޢަމަލެއް ނުހިންގުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.