މައިގަނޑު ބަޔަށް ދާން

ހަބަރު

ރަސްމާލެ މަޝްރޫޢަށް ފާޑުކިޔާ އިމްރާނަށް ވައްޑެ ސުވާލުތަކެއް ކޮށްފި - ފަޅުތައް ވިއްކިއިރު ކޮބާތޯ

ރަސްމާލެ މަޝްރޫޢަށް ކުރީގެ ހޯމް މިނިސްޓަރު އެކްސްގައި ފާޑުކިޔަމުން ގެންދަވާތީ، އޭނާ މިނިސްޓަރުކަމުގައި ހުންނެވި ދުވަސްވަރު ފަޅުތައް ވިއްކި ވާހަކަ ފާހަގަކޮށް ކުރީގެ މަޖިލިސް މެންބަރަކު ސުވާލުތަކެއް ކުރައްވައިފިއެވެ.

ރަސްމާލެ މަޝްރޫޢަށް ފާޑުކިޔާ އިމްރާނަށް ވައްޑެ ސުވާލުތަކެއް ކޮށްފި - ފަޅުތައް ވިއްކިއިރު ކޮބާތޯ

ރަސްމާލެ މަޝްރޫޢަށް ކުރީގެ ހޯމް މިނިސްޓަރު އެކްސްގައި ފާޑުކިޔަމުން ގެންދަވާތީ، އޭނާ މިނިސްޓަރުކަމުގައި ހުންނެވި ދުވަސްވަރު ފަޅުތައް ވިއްކި ވާހަކަ ފާހަގަކޮށް ކުރީގެ މަޖިލިސް މެންބަރަކު ސުވާލުތަކެއް ކުރައްވައިފިއެވެ.

ކުރީގެ ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ މިފަހުން އެކްސްގައި ރަސްމާލެ މަޝްރޫޢަށް ވަރަށް ބޮޑަށް ފާޑުކިޔުއްވަމުން ގެންދަވައެވެ. އެންމެ ފަހުން ކުރެއްވި ޕޯސްޓެއްގައި، އެ މަޝްރޫޢަކީ ދިވެހި ފަސްގަނޑު ޒަޔަނިސްޓުންނަށް ވިއްކުން ކަމަށް އޭނާ ސިފަކުރައްވާފައިވެއެވެ.

"މިލޮބުވެތި ފަސްގަނޑުން 500 ހެކްޓަރގެ ބިން ޒަޔަނިސްޓް ޔަހޫދީންނަށް ވިއްކާލައިފިނަމަ ރައީސް މުޢިއްޒު ވެގެންދާނީ ދިވެހި ތާރީޚް ދުށް ޤައުމުދެކެ އެންމެ ލޯބި ނުވާ، މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ޤައުމިއްޔަތަށް އެންމެބޮޑު ޚިޔާނާތެއްވީ ވެރިޔެއްގެ ގޮތުގައި" ކަމަށް އިމްރާން އެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

އޭގެ ޖަވާބުގައި، އިނގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަހީދު (ވައްޑެ) އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، މިދިޔަ ސަރުކާރުގައި އިމްރާން ހޯމް މިނިސްޓަރުކަމުގައި ހުންނެވި ދުވަސްވަރު ހިނގި ކަންކަމަށް އަމާޒުކޮށް ސުވާލުކުރައްވާފައިވެއެވެ.

"‏މުޙައްމަދު” ކިޔާ ޒަޔަނިސްޓް ޔަހޫދީންވެސް އުޅެނީތޯ؟ ނ.އަތޮޅު ބޮޑު ފަޅެއް، ތިޔަބުނާ މީހުންނަށް ވިއްކާލިއިރު މަނިކުފާނު ކޮބާތޯ؟ ރާއްޖޭގައި އޮތްހާ ފަޅުރަށާ ފަޅުތައް ވިއްކާ ހުސްކުރިއިރު ތިޔަ ޤައުމީ ލޯބި އޮތީ ކޮންތާކުތޯ؟" ކަމަށް ވައްޑެ އެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ރަސްމާލެ މަޝްރޫޢު ކުރިއަށް ގެންދަނީ ދުބާއީ މޯލާއި ބުރުޖު ޚަލީފާ ބިނާކުރި އިމާރު ޕްރޮޕަޓީސްގެ ވެރިޔާ މުޙައްމަދު އަލްއައްބާރުގެ ކުންފުނި އީގަލް ހިލްސްއާ ހަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން 500 ހެކްޓަރުގެ ބިމުގައި 8,800 ޕްރޮޕަޓީ ތަރައްޤީކޮށް، 99 އަހަރަށް ލީސްހޯލްޑް އުޞޫލުން ދޫކުރުމަށް ހަމަޖެހިފައިވެއެވެ. މި މަޝްރޫޢުން 30 ބިލިއަން ޑޮލަރަށްވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ލިބި، 54,000 އެއްހާ ވަޒީފާގެ ފުރުސަތު ހުޅުވޭނެ ކަމަށް ސަރުކާރާއި އެ ކުންފުނިން ގުޅިގެން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.