މައިގަނޑު ބަޔަށް ދާން

ދުނިޔެ

ޢިރާޤުގެ ހަތިޔާރު ގުދަންތަކަށް ދިން ހަމަލާގެ ފަހަތުގައި އިޒްރޭލުތޯ ޝައްކުކުރަނީ

ވޭތުވެދިޔަ ހަފުތާގައި ޢިރާޤުގެ ހަތިޔާރު ރައްކާކުރާ ތަންތަނާއި ހަނގުރާމަވެރި ނިޒާމުތަކަށް ދިން ހަމަލާއެއް ދީފައިވަނީ އިސްތިޢުމާރީ އިޒްރޭލުން ކަމަށް ބަޣްދާދުގެ ވެރިން ޝައްކުކުރާ ކަމަށް ޢިރާޤުގެ މަސްދަރުތަކުން ބުނެފިއެވެ.

ޢިރާޤުގެ ހަތިޔާރު ގުދަންތަކަށް ދިން ހަމަލާގެ ފަހަތުގައި އިޒްރޭލުތޯ ޝައްކުކުރަނީ

ވޭތުވެދިޔަ ހަފުތާގައި ޢިރާޤުގެ ހަތިޔާރު ރައްކާކުރާ ތަންތަނާއި ހަނގުރާމަވެރި ނިޒާމުތަކަށް ދިން ހަމަލާއެއް ދީފައިވަނީ އިސްތިޢުމާރީ އިޒްރޭލުން ކަމަށް ބަޣްދާދުގެ ވެރިން ޝައްކުކުރާ ކަމަށް ޢިރާޤުގެ މަސްދަރުތަކުން ބުނެފިއެވެ.

ހަމަލާ ދީފައިވަނީ ޗައިނާގައި ހަދާފައިވާ ވައިގެ ދިފާޢީ ނިޒާމުތަކާއި ވަޒަންވެރި ދިފާޢީ އާލާތްތައް ބަހައްޓާފައިވާ ގުދަންތަކަށެވެ. ރިޕޯޓުތަކުގައިވާ ގޮތުން، އެ ވަޒަންވެރި އާލާތްތައް އީރާނުން މިދާނޫން ފޮނުވާފައިވަނީ ޢިރާޤުގައި ހަރަކާތްތެރިވާ ޝީޢީ މިލީޝިއާތަކުގެ ބޭނުމަށެވެ.

ސައުދީ އަރަބިއްޔާގެ މީޑިއާއިން ޢިރާޤުގެ ދެ މަސްދަރަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަމަލާގައި އިޒްރޭލުގެ ބައިވެރިވުމެއް ހުރި ކަމުގެ ހެކި ޢިރާޤުގެ ސަރުކާރުގެ އަތުގައި ހުއްޓެވެ. ނަމަވެސް ހަމަލާ ދީފައިވަނީ ކިހިނެއްތޯ، އަދި އެއީ ހަނގުރާމަވެރި ބޯޓަކުންތޯ ނުވަތަ ޑްރޯނަކުންތޯ އަދި ކަށަވަރެއް ނުވާ ކަމަށް އެ މަސްދަރުތަކުން ބުނެއެވެ.

އެ މަސްދަރުތަކުގެ މަޢުލޫމާތުގައިވާ ގޮތުން، ހަމަލާގެ ސަބަބުން ފަސް މީހަކު ލުއިކޮށް ޒަޚަމްވެފައިވެއެވެ.

ޢިރާޤުގެ ބިމުގައި އިޒްރޭލުން ހަނގުރާމަވެރި ހަރަކާތްތައް ހިންގަމުންދާ ކަމުގެ ރިޕޯޓުތައް މީގެ ކުރިން ވެސް ނުކުމެފައިވެއެވެ. ގާތްގަނޑަކަށް ހަ މަސް ކުރިން އެމެރިކާގެ މީޑިއާތަކުން އެކި މަސްދަރުތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވަނީ، އެމެރިކާގެ އެއްބާރުލުމާއެކު އިޒްރޭލުން ޢިރާޤުގައި ސިއްރު ހަނގުރާމަވެރި ބޭހެއް ގާއިމުކޮށްފައިވާ ކަމަށެވެ. އެ ބޭހުގައި ޚާއްޞަ ސިފައިން ތިބި ކަމަށާއި، އެ ބޭސް ބޭނުންކުރަނީ އިޒްރޭލުގެ އެއާފޯހުގެ ލޮޖިސްޓިކް ހަބެއްގެ ގޮތުގައި ކަމަށް އެ ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.