މައިގަނޑު ބަޔަށް ދާން

ހަބަރު

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ނޮވެމްބަރު 19 ގައި

މި އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ނޮވެމްބަރު 19 ގައި

މި އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ މި ޖަލްސާ ފެށޭނީ ރޭގަނޑު 8:30 ގައެވެ. ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހި ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވާނެއެވެ.

ޖަލްސާގައި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމު ދެއްވާނެއެވެ. މި އިނާމަކީ ޢިލްމާއި ހުނަރާއި އުފެއްދުންތެރިކަމުގެ ދާއިރާތަކުން ހޯދާ ކާމިޔާބީ ޤައުމީ ފެންވަރުގައި ވަޒަންކުރުމުގެ ގޮތުން ދެއްވާ އިނާމެކެވެ. އިނާމު ލިބޭ ފަރާތްތައް ހޮވަނީ ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވާފައިވާ ޚާއްޞަ އިނާމާ ބެހޭ ކޮމިޓީންނެވެ. އެ އިނާމުގެ ގޮތުގައި ދެއްވާނީ މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ.

މީގެ އިތުރުން، އެ ޖަލްސާގައި ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ވެސް ދެއްވާނެއެވެ. މިއީ 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތްކޮށް، މަގާމުގެ މަސްއޫލިއްޔަތު ޤާބިލުކަމާއި އިޚްލާޞްތެރިކަމާއެކު އަދާކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ދެއްވާ ޤައުމީ އިނާމެކެވެ.

ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމުގެ ގޮތުގައި ދެއްވަނީ ޝަރަފުގެ ބެޖަކާއި، އައްޑަނައަކާއި ހަނދާނީ ލިޔުމެކެވެ. އެ އިނާމަށް މީހުން ހޮވަނީ ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވާފައިވާ ޤައުމީ އިނާމާ ބެހޭ ކޮމިޓީންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.