މައިގަނޑު ބަޔަށް ދާން

ކުޅިވަރު

ރާއްޖެއިން ދިޔަ ދެ މީހެއްގެ ފުރަގަސްފަރާތުން 2.7 ކިލޯ ރަން ހޯދައިފި

ރާއްޖެއިން ބަންގްލަދޭޝަށް ދިޔަ ދެ ފަސިންޖަރަކު، ފުރަގަސްފަރާތުގައި ފޮރުވައިގެން ގެންދިޔަ ރަން އެ ޤައުމުގެ ކަސްޓަމްސްއިން ހޯދައި، ދެ މީހުން ހައްޔަރުކޮށްފިއެވެ.

ރާއްޖެއިން ދިޔަ ދެ މީހެއްގެ ފުރަގަސްފަރާތުން 2.7 ކިލޯ ރަން ހޯދައިފި

ރާއްޖެއިން ބަންގްލަދޭޝަށް ދިޔަ ދެ ފަސިންޖަރަކު، ފުރަގަސްފަރާތުގައި ފޮރުވައިގެން ގެންދިޔަ ރަން އެ ޤައުމުގެ ކަސްޓަމްސްއިން ހޯދައި، ދެ މީހުން ހައްޔަރުކޮށްފިއެވެ.

ހައްޔަރުކުރީ މުޙައްމަދު ސުލައިމާނާއި ޖުބައިދު އަޙްމަދު ކިޔާ ދެ މީހުންނެވެ. އެ ދެ މީހުން ހައްޔަރުކުރީ ޑާކާގެ ހަޒްރަތު ޝާހްޖަލާލް އިންޓަނޭޝަނަލް އެއަރޕޯޓުގައި، ބަންގްލަދޭޝްގެ ކަސްޓަމްސް އިންޓެލިޖެންސް އެންޑް އިންވެސްޓިގޭޝަން ޑައިރެކްޓަރޭޓް (ސީއައިއައިޑީ) އިން ހިންގި އޮޕަރޭޝަނެއްގައެވެ. އެ ދެ މީހުން ބަންގްލަދޭޝަށް ދިޔައީ މި މަހުގެ 18 ވަނަ ދުވަހު، ޔޫއެސް-ބަންގްލާ އެއާލައިންސްގެ ފްލައިޓެއްގައެވެ.

ބަންގްލަދޭޝްގެ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ރަން ފޮރުވާފައި ހުރީ ރަނުގެ ޕޭސްޓުން ހަތަރެސްކަނަށް ހަދާފައިވާ ބިސްބުރި ފަދަ އެއްޗެއްގެ ތެރޭގައެވެ. އެ ޤައުމުގެ ކަސްޓަމްސްއާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ކޮންމެ މީހެއްގެ ފުރަގަސްފަރާތުން ތިން އެތި ނަގާފައިވެއެވެ. ހަ އެތީގެ ޖުމްލަ ބަރުދަނަކީ 2.7 ކިލޯއެވެ.

ކަސްޓަމްސްއިން ބުނީ، އެ ތަކެތީގެ އަގު ގާތްގަނޑަކަށް ހަތަރު ކްރޯޑް ޓާކާއަށް އަރާ ކަމަށެވެ. އެއީ ދިވެހި ފަސް މިލިއަން ރުފިޔާއެވެ. ނަމަވެސް، އޭގެ ތެރޭގައިވާ ސާފު ރަނުގެ މިންވަރާއި އަގު އަދި ކަނޑައެޅިފައި ނުވާ ކަމަށް އެ އިދާރާއިން ބުނެއެވެ. ހެކި ރައްކާތެރިކުރުމަށްޓަކައި ހިފެހެއްޓި ތަކެތި ހަލާކު ނުކޮށް ބަހައްޓައި، ޓެސްޓުތައް ހެދުމަށްފަހު ރަނުގެ މިންވަރާއި ބާޒާރު އަގު ކަށަވަރުކުރާނެ ކަމަށް ވެސް ކަސްޓަމްސްއިން ބުނެފައިވެއެވެ.

ރަން ސްމަގުލްކުރުން ހުއްޓުވުމަށް ވަރަށް ގާތުން މޮނިޓަރކޮށް، އެކަމުގެ ރިސްކް އޮތް ފަސިންޖަރުން ސްކްރީންކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

ރާއްޖެއިން ދިޔަ ދެ މީހުންގެ އަތުން ރަން ހޯދި ދުވަހުގެ ހެނދުނު، އަބޫދާބީއިން ޝާހް އަމާނަތު އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔަ ބަންގްލަދޭޝް މީހެއްގެ އަތުން ވެސް ރަނުގެ ބާތަކެއް އަތުލައިގަނެފައިވެއެވެ. އެ ބާތައް ފޮރުވާފައި ހުރީ ކައްކަން ބޭނުންކުރާ ތަވައަކާއި ތަރުކާރީ ގާނަން ބޭނުންކުރާ އެއްޗެއްގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.