މައިގަނޑު ބަޔަށް ދާން

ހަބަރު

ގަރާރު ބަލައިގަތުމަށް ބަހުސްގެ ކުރިން ވޯޓަށް އަހާ ގޮތަށް ގަވައިދު ބަދަލުކޮށްފި

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ގަރާރެއް ބަލައިގަތުމާ މެދު އިބްތިދާއީ ބަހުސް ފެށުމުގެ ކުރިން ވޯޓަށް އެހުން ލާޒިމުވާ ގޮތަށް މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހު މިއަދު ފާސްކޮށްފިއެވެ.

ގަރާރު ބަލައިގަތުމަށް ބަހުސްގެ ކުރިން ވޯޓަށް އަހާ ގޮތަށް ގަވައިދު ބަދަލުކޮށްފި

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ގަރާރެއް ބަލައިގަތުމާ މެދު އިބްތިދާއީ ބަހުސް ފެށުމުގެ ކުރިން ވޯޓަށް އެހުން ލާޒިމުވާ ގޮތަށް މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހު މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުގެ ގަވައިދުގެ 191 ވަނަ މާއްދާއަށް މި އިސްލާހު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު ޢަބްދުލް ޙަންނާން އަބޫބަކުރެވެ. މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި 56 މެންބަރުން އިސްލާހާ އެއްކޮޅަށް ވޯޓު ދެއްވި އިރު، ދެކޮޅަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.

އިސްލާހުގައިވާ ގޮތުން، ގަރާރު މަޖިލީހަށް ބަލައިގަތުމާ މެދު ވޯޓަށް އަހާނީ ބަހުސް ފެށުމުގެ ކުރިންނެވެ. ވޯޓުގައި ގަރާރު ބަލައި ނުގެންފި ނަމަ އިތުރު ބަހުސެއް ނޯންނާނެ ކަމަށާއި އެ ހިސާބުން ގަރާރު ބާތިލުވާނެ ކަމަށް ވެސް އިސްލާހުގައި ބުނެފައިވެއެވެ.

މީގެ ކުރިން ގަވައިދު އޮންނަ ގޮތުން ގަރާރެއް ބަލައިގަތުމާ މެދު ވޯޓު ނަގަނީ މެންބަރުން ބަހުސްކުރެއްވުމަށް ފަހުގައެވެ. ކޮންމެ މެންބަރަކަށް ވެސް ގަރާރު ހުށަހެޅުމުގެ ފުރުސަތު ދީފައި އޮންނަނީ ތަފާތު މައްސަލަތައް މެންބަރުންގެ ސަމާލުކަމަށް ގެނައުމުގެ ބޭނުމުގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.