އުއްތަމަ ފަނޑިޔާރުގެ ޖުމުލަ މުސާރަ 95،125 ރުފިޔާއަށް ބޮޑުކުރަން ކޮމިޓީން ފާސްކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިބިވަޑައިގަންނަވާ މުސާރައާ އެއްވަރަށް އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑުކުރުމަށް މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިބިވަޑައިގަންނަވާ މުސާރައާ އެއްވަރަށް އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑުކުރުމަށް މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މި ބަދަލު ގެނައުމަށް މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހެވެ. އޭނާ ހުށަހެޅުއްވީ އުއްތަމަ ފަނޑިޔާރަށް މިހާރު ލިބިވަޑައިގަންނަވާ އިނާޔަތްތައް މުރާޖާކޮށް، ޚާއްޞަ އެލަވެންސެއްގެ ގޮތުގައި 4،125 ރުފިޔާ އިތުރުކުރުމަށެވެ. މި ބަދަލާ އެކު، މިހާރު ލިބިވަޑައިގަންނަވާ 91،000 ރުފިޔާގެ މައްޗަށް އެ އެލަވެންސް އެއްކުރުމުން ޖުމުލަ މުސާރައެއްގެ ގޮތުގައި 95،125 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.
މި ހުށަހެޅުން އައީ، މަޖިލީހުގެ ރައީސަށް ލިބިވަޑައިގަންނަވާ މުސާރަ ނާއިބު ރައީސަށް ލިބިވަޑައިގަންނަވާ މުސާރައަށް ވުރެ ކުޑަވުމުން، މަޖިލީހުގެ ރައީސްގެ އިނާޔަތްތައް ބޮޑުކުރުމަށް ކޮމިޓީން ނިންމެވުމާ ގުޅިގެންނެވެ. އެ ނިންމެވުމާ އެކު، އުއްތަމަ ފަނޑިޔާރަށް ވެސް ހަމަ އެ މިންވަރުގެ މުސާރައެއް ކަނޑައެޅުމަށް ކޮމިޓީން ފާސްކުރީއެވެ.
ކޮމިޓީން މި ނިންމުން ފާސްކޮށްފައިވާއިރު، ދެން މި ކަން ފާސްކުރުމަށް ހުށަހެޅޭނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް