ފެނަކައިގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް ދީނާއަށް އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް
ފެނަކައިގެ ޕްރޮކިއުމަންޓް މަސައްކަތެއްގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކޮރަޕްޝަނުގެ ކުށް ސާބިތުވެ، އެ ކުންފުނީގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް ދީނާ، އެއް އަހަރާއި ހަތް މަހާއި 11 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ފެނަކައާއި ބްލޭޒަން އިންކް އާ ދެމެދު 2018 ވަނަ އަހަރު ހެދި 848,000 ރުފިޔާގެ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިކަން ކަށަވަރު ނުކޮށް، އެ ކުންފުންޏަށް ފައިސާ ދައްކާފައިވާ މައްސަލާގައި ދީނާގެ މައްޗަށް ދައުވާ އުފުލީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. ދީނާގެ ވަކީލުން އެދުނީ ސިއްހީ ހާލަތާއި އާއިލީ ހާލަތަށް ބެލުމަށްފަހު ޖަލު އަދަބުގެ ބަދަލުގައި ގޭބަންދާއި ޖޫރިމަނާގެ އަދަބެއް ކަނޑައެޅުމަށެވެ.
ނަމަވެސް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުޙައްމަދު ވިދާޅުވީ ޖަލު ބަންދުގައި ނުބެހެއްޓޭ ފަދަ ސިއްހީ ހާލަތެއް ހުރި ކަން އެނގޭނެ ލިޔުމެއް ދީނާގެ ފަރާތުން ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި ދީނާ ކޮށްފައިވަނީ ޖިނާއީ ބޮޑު ކުށެއް ކަމަށް ގާޒީ ފާހަގަކުރެއްވިއެވެ.
ހަމަ މި މައްސަލާގައި ފެނަކައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ވެސް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އުފުލައި، ކުށް ސާބިތުވެ، 28 ސެޕްޓެމްބަރު 2025 ގައި ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ. ދީނާގެ މައްސަލަ ކޯޓުގައި ދިގުލައިގެން ގޮސް، އޭނާގެ މައްޗަށް ހުކުމް އައީ ސައީދަށް ހުކުމް ކުރިތާ އަހަރަކަށްވުރެ ގިނަ ދުވަސް ފަހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް