މައިގަނޑު ބަޔަށް ދާން

ހަބަރު

ގއ. އަތޮޅު ކަނޑުތެރޭގައި ދަގަނޑު ބޮއެއް އޮޔާދާތީ ދަތުރުވެރިން ސަމާލުވާން އެދެފި

ގއ. އަތޮޅު ދިގުވަރު ކަނޑު އެތެރެ ވަރީގައި ދަގަނޑު ބޮއެއް އޮޔާދާ ކަމަށް ފާހަގަވެ، ކަނޑު ދަތުރުކުރާ ފަރާތްތައް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

އެ އިދާރާއިން ބުނީ އޮޔާދަނީ ފަސް ފޫޓު ދިގު، ފަސް ފޫޓު ފުޅާ ދަގަނޑު ބޮއެއް ކަމަށެވެ. މިއަދު ހެނދުނު 11:50 ހާއިރު އެ ބޮއި ފެނިފައިވަނީ ގއ. އަތޮޅު ދިގުވަރު ކަނޑު އެތެރެ ވަރީ ކަނޑުތެރެއިން ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެ ބޮއި ދެކުނުން އުތުރަށް ދަތުރުކުރަމުންދާ ކަމަށާއި، މިރޭގެ ވަގުތެއްގައި ގއ. ވިލިނގިލި، ގއ. މާމެންދޫ، ގއ. ނިލަންދޫ އަދި ގއ. ދާންދޫ ސަރަހައްދުގައި އެ ބޮއި އޮތުން އެކަށީގެންވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެހެންކަމުން ކަނޑުމަގުން ދަތުރުކުރާ އެންމެހައި އުޅަނދުފަހަރު ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން ދަތުރުކުރުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.