މައިގަނޑު ބަޔަށް ދާން

ހަބަރު

ބަނޑޭރިކޮށި އަލުން ތަރައްޤީކޮށް ސިފައިންނާއި ފުލުހުންނަށް ގިނަ އެޕާޓްމެންޓްތަކެއް ބިނާކުރަނީ

ޚިދުމަތުގައި ތިބި ސިފައިންނާއި ފުލުހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ބަނޑޭރިކޮށި 1 އަދި 2 އަލުން ތަރައްޤީކޮށް ގިނަ އެޕާޓްމެންޓްތަކެއް އެޅުމުގެ މަޝްރޫޢެއް ކުރިއަށް ގެންދާ ކަމަށް ޑިފެންސް މިނިސްޓްރީން މިއަދު ބުނެފިއެވެ.

ބަނޑޭރިކޮށި އަލުން ތަރައްޤީކޮށް ސިފައިންނާއި ފުލުހުންނަށް ގިނަ އެޕާޓްމެންޓްތަކެއް ބިނާކުރަނީ

ޚިދުމަތުގައި ތިބި ސިފައިންނާއި ފުލުހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ބަނޑޭރިކޮށި 1 އަދި 2 އަލުން ތަރައްޤީކޮށް ގިނަ އެޕާޓްމެންޓްތަކެއް އެޅުމުގެ މަޝްރޫޢެއް ކުރިއަށް ގެންދާ ކަމަށް ޑިފެންސް މިނިސްޓްރީން މިއަދު ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު ޢާންމުކުރި މަޢުލޫމާތުގައި ބުނެފައިވާ ގޮތުގައި، ސިފައިންގެ ޚިދުމަތް ފުޅާވެ އެ ޚިދުމަތާ ގުޅޭ ސިފައިންގެ ޢަދަދު އެތައް ގުނައަކަށް އިތުރުވެފައިވާތީ ބޯހިޔާވަހިކަމަށް އެދޭ ނިސްބަތް ވަނީ މައްޗަށް ގޮސްފައެވެ. ސިފައިންނާއި އެ މީހުންގެ ޢާއިލާތަކަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ހޯދައިދިނުމުގެ މަޤުޞަދުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ހިންގަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މި އަހަރުގެ ސިފައިންގެ ދުވަހު އިޢުލާން ކުރައްވާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މި މަޝްރޫޢު ކުރިއަށް ގެންދަން ރާވާފައި ވަނީ ފިޔަވަހިތަކަށް ބަހާލައިގެންނެވެ. ފުރަތަމަ ތަރައްޤީ ކުރާނީ ބަނޑޭރިކޮށި 1 ކަމަށާއި، އެ ތަން ތަރައްޤީކުރުމަށް ވާންޖެހޭ ތައްޔާރީތައް ޑިފެންސް މިނިސްޓްރީއާއި އެމްއެންޑީއެފުން ކުރަމުން އަންނަ ކަމަށް ބަޔާނުގައިވެއެވެ. ބަނޑޭރިކޮށި ހުސްކުރުމުގެ ކުރިން އެ ތަނުގައި ދިރިއުޅޭ ފަރާތްތަކަށް މަޝްރޫޢުގެ މަޢުލޫމާތު ހިއްސާކޮށް، އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއަހައި ޙައްލު ހޯދައިދިނުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މަޝްރޫޢު ރާވާފައިވާ ގޮތުން ބަނޑޭރިކޮށި 1 ތަރައްޤީ ނިމުމާ އެކު، މިހާރު އެ ތަނުގައި ދިރިއުޅޭ ފަރާތްތައް އަލަށް ބިނާކުރާ އެޕާޓްމެންޓްތަކަށް ބަދަލުކުރާނެއެވެ. މުޅި މަޝްރޫޢު ނިމޭއިރު މިހާރު ދިރިއުޅޭ ފަރާތްތަކުގެ އިތުރުން ޚިދުމަތުގައި ތިބި ގިނަ ޢަދަދެއްގެ ސިފައިންނާއި ފުލުހުންނަށް ބޯހިޔާވަހިކަން ލިބޭނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފައިވެއެވެ.

ހުޅުމާލޭގައި ސިފައިންނާއި ފުލުހުންނަށް ޚާއްޞަކޮށް މިހާރު ވެސް ހަ ޓަވަރު ބިނާކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.