މައިގަނޑު ބަޔަށް ދާން

ހަބަރު

ޓެކްސް އެޕީލް ޓްރިބިއުނަލްގެ މާލީ މުޢާމަލާތްތައް ޤަވާއިދާ އެއްގޮތް: އޮޑިޓް ރިޕޯޓް

ޓެކްސް އެޕީލް ޓްރިބިއުނަލުން މިދިޔަ އަހަރު ހަރަދުތައް ކޮށްފައި ހުރީ ދައުލަތުގެ މާލިއްޔަތު ޤަވާއިދާ އެއްގޮތަށް ކަމަށް އޮޑިޓަރ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.

ޓެކްސް އެޕީލް ޓްރިބިއުނަލްގެ މާލީ މުޢާމަލާތްތައް ޤަވާއިދާ އެއްގޮތް: އޮޑިޓް ރިޕޯޓް

ޓެކްސް އެޕީލް ޓްރިބިއުނަލުން މިދިޔަ އަހަރު ހަރަދުތައް ކޮށްފައި ހުރީ ދައުލަތުގެ މާލިއްޔަތު ޤަވާއިދާ އެއްގޮތަށް ކަމަށް އޮޑިޓަރ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޓްރިބިއުނަލުގެ ހުރިހާ ހަރަދެއް ވެސް ހިނގާފައި ވަނީ ބަޖެޓުގައި ކަނޑައެޅި ކަންކަމަށް، ކަނޑައެޅި މިންވަރަށް، މާލިއްޔަތު ޤަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށެވެ.

ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރަށް އެ ޓްރިބިއުނަލަށް ފާސްކޮށްދީފައި ވަނީ 13.4 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އޭގެ ތެރެއިން ރިކަރަންޓް ހަރަދުގެ ގޮތުގައި 12.03 މިލިއަން ރުފިޔާ ހޭދަވިއިރު، ކެޕިޓަލް ހަރަދުގެ ގޮތުގައި ހޭދަވެފައި ވަނީ 342,791 ރުފިޔާއެވެ.

މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތަކަށް 6.8 މިލިއަން ރުފިޔާ ހޭދަވެފައިވެއެވެ. އިމާރާތާއި ބިމުގެ ކުއްޔަށް ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވެފައިވާއިރު، ހުރިހާ ހަރަދެއް ކެނޑުމަށް ފަހު ބާކީ ހުރީ 124,013 ރުފިޔާއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.