މައިގަނޑު ބަޔަށް ދާން

ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމަށް ކ. ގުރައިދޫން ހޫނު މަރުޙަބާއެއް

އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަނަށް ތައްޔާރުވުމުގެ ތަމްރީނު ކޭމްޕެއް ހެދުމަށް ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމު މިއަދު ކ. ގުރައިދޫއަށް ގޮސް، އެ ރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް ލިބިއްޖެއެވެ.

ފަލަސްތީނުގެ ޒުވާން ޓީމު ގުރައިދޫ ބަނދަރަށް ފޭބުމާ އެކު ރަށުގެ ކުދިބޮޑު ގިނަ ބަޔަކު ބަނދަރު ދޮށަށް ޖަމާވެ އެ ޓީމަށް މަރުޙަބާ ކިޔާފައިވެއެވެ. މި ތަމްރީނު ކޭމްޕުގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައި ވަނީ ގުރައިދޫގައެވެ.

އެފްއޭއެމުން ވެސް ވަނީ ފަލަސްތީނުގެ ޓީމު ގުރައިދޫއަށް ދިޔުމުން އެ ރަށުގެ ރައްޔިތުން ދެއްކި ގާތްކަން ފާހަގަކޮށްފައެވެ. މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ތާވަލުކޮށްފައެވެ. ފުރަތަމަ މެޗު އޮންނާނީ މި މަހުގެ 30 ވަނަ ދުވަހު، ދެ ވަނަ މެޗު ނޮވެމްބަރު ދެ ވަނަ ދުވަހު މާލޭގެ ޤައުމީ ފުޓްބޯޅަ ދަނޑުގައެވެ.

ފަލަސްތީނުގެ ޒުވާން ޓީމު މިދިޔަ އަހަރުގެ ނޮވެމްބަރުގައި ވެސް ރާއްޖެއަށް ޒިޔާރަތްކޮށް، ރާއްޖޭގެ ޤައުމީ ޓީމާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު 6-0 ގެ ނަތީޖާއިން ކާމިޔާބުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.