ޝާހް ރުކް ޚާންގެ ކިންގް ޑިސެމްބަރު 24 ގައި - ދަރިފުޅު ސުހާނާ ވެސް ފިލްމުން ފެންނާނެ
ބޮލީވުޑްގެ ތަރި ޝާހް ރުކް ޚާން ލީޑް ރޯލު ކުޅޭ ފިލްމު ކިންގް (King) މި އަހަރުގެ ޑިސެމްބަރު 24 ގައި ރިލީޒްކުރާނެކަން އިޢުލާނުކޮށް، ފިލްމުގެ އާ ޕޯސްޓަރެއް ނެރެފިއެވެ.
ބޮލީވުޑްގެ ތަރި ޝާހް ރުކް ޚާން ލީޑް ރޯލު ކުޅޭ ފިލްމު ކިންގް (King) މި އަހަރުގެ ޑިސެމްބަރު 24 ގައި ރިލީޒްކުރާނެކަން އިޢުލާނުކޮށް، ފިލްމުގެ އާ ޕޯސްޓަރެއް ނެރެފިއެވެ.
ސޯޝަލް މީޑިއާގައި ފިލްމުގެ ޕޯސްޓަރު ހިއްސާކުރީ ޝާހް ރުކް ޚާންގެ އަންހެނުން ގޯރީ ޚާނެވެ. ޕޯސްޓަރާ އެކު ލިޔެފައިވަނީ ކިންގް އަކީ ގާތިލެއް ނޫން ކަމަށާއި، އެއީ އާޝިގެއް ކަމަށެވެ.
މި ފިލްމު ޚާއްޞަވާ އެއް ސަބަބަކީ ޝާހް ރުކް ޚާންގެ ދަރިފުޅު ސުހާނާ ޚާން ވެސް ފިލްމުން ފެނިގެންދާނެތީއެވެ. ސުހާނާގެ ރޯލާ ގުޅޭ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ފިލްމުގެ ތަރިންގެ ތެރޭގައި ދީޕިކާ ޕަދުކޯން، އަބީޝެކް ބައްޗަން އަދި ރާނީ މުކަރުޖީ ވެސް ހިމެނެއެވެ.
ފިލްމުގައި ޝާހް ރުކް ޚާން ފެނިގެންދާނީ ވިލަންއެއްގެ ރޯލުން ކަމަށް ވިޔަސް، ލޯތްބާއި މަޖަލާއި އުފާވެރިކަމުގެ ބައިތައް އޭނާގެ ރޯލުން ފެންނާނެ ކަމަށް ބުނެފައިވެއެވެ. ކިންގް އަށް ފަހު ޝާހް ރުކް ޚާންގެ ފިލްމެއް ދެން ފެންނާނީ މަދުވެގެން ދެ އަހަރު ފަހުން ކަމަށް ބެލެވެއެވެ. ޒަމާނާ އެކު ބެލުންތެރިންގެ ރަހަ ބަދަލުވަމުންދާއިރު، ރަނގަޅު އުފެއްދުމެއް ތައްޔާރުކުރަން ވަގުތު ބޭނުންވާ ކަމަށް ބުނެފައިވެއެވެ.
ސިދާތް އަނަންދު ޑައިރެކްޓްކުރާ މި ފިލްމަކީ ބޮލީވުޑްގެ ކުރިއަށް ހުރި އެންމެ ބޮޑެތި ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް