މޯލްޑިވްސް ބޯޓިންގ އެވޯޑްސް 2026 ގެ ވޯޓުލުން ހުޅުވާލައިފި
ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ދާއިރާއަށް ޚާއްޞަ މޯލްޑިވްސް ބޯޓިންގ އެވޯޑްސް 2026 ގެ އޮންލައިން ވޯޓުލުން ރަސްމީކޮށް ހުޅުވާލައިފިއެވެ.
ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ދާއިރާއަށް ޚާއްޞަ މޯލްޑިވްސް ބޯޓިންގ އެވޯޑްސް 2026 ގެ އޮންލައިން ވޯޓުލުން ރަސްމީކޮށް ހުޅުވާލައިފިއެވެ.
މި އެވޯޑުގައި މެރިން މާސްޓަރ އަދި މެރިން އިކުއިޕްމަންޓްސް ތިން ކެޓަގަރީއަކުން ވާދަކުރެއެވެ. ފުރަތަމަ ކެޓަގަރީއަކީ ބެސްޓް ޕްރޮޑަކްޝަން ފައިބަރ ވެސެލް (10-15 މީޓަރު) ކެޓަގަރީއެވެ. މި ކެޓަގަރީގައި ވާދަކުރަނީ ދިވެހި ކަނޑުފަޅަށް އެކަށީގެންވާ ގޮތަށް އުފައްދާފައިވާ މެރިން މާސްޓަރ 39 އަދި މެރިން މާސްޓަރ 49 އެވެ.
ދެވަނަ ކެޓަގަރީއަކީ ބޯޓު އިކުއިޕްމަންޓް ސަޕްލަޔަރ އޮފް ދަ ޔިއަރއެވެ. ބޯޓުފަހަރަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމުގައި އެންމެ ރަނގަޅު ޚިދުމަތްދޭ ފަރާތުގެ ގޮތުގައި މެރިން އިކުއިޕްމަންޓްސް ވާދަކުރެއެވެ. ތިންވަނަ ކެޓަގަރީ ކަމަށްވާ ޑޮކް ޔާޑް އޮފް ދަ ޔިއަރގައި މެރިން މާސްޓަރ ބޯޓު ޔާރޑް ވާދަކުރެއެވެ. މި ކެޓަގަރީއަކީ އުޅަނދުފަހަރު މަރާމާތުކޮށް ބެލެހެއްޓުމުގައި އެންމެ ރަނގަޅު ޚިދުމަތްދޭ ޑޮކް ޔާޑު ހޮވުމަށް ކަނޑައެޅިފައިވާ ކެޓަގަރީއެވެ.
ވޯޓުލުމަށް އެވޯޑުގެ ރަސްމީ ވެބްސައިޓަށް ވަދެ "Vote Now" ބަޓަނަށް ފިއްތައިގެން ބައިވެރިވެވޭނެއެވެ. ވޯޓުލުމުގެ ސުންގަޑިއަކީ 2026 ވަނަ އަހަރުގެ ނޮވެމްބަރު 25 ވަނަ ދުވަހުގެ ރޭ ދަންވަރު 12:00 އެވެ. ކަނޑުދަތުރުފަތުރުގެ ދާއިރާގައި ފާހަގަކޮށްލެވޭ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ވީހާ ވެސް ގިނަ ބަޔަކު ވޯޓުގައި ބައިވެރިވުމަށް އެވޯޑު އިންތިޒާމުކުރާ ފަރާތުން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް