ސީއައިޑީ ޝޯ އުފެއްދި ޑައިރެކްޓަރު ބީޕީ ސިންގް މަރުވެއްޖެ
އިންޑިއާގެ މަޝްހޫރު ކްރައިމް ޝޯ ސީއައިޑީ (CID) އުފެއްދި ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ބްރިޖެންދުރަ ޕާލް ސިންގް (ބީޕީ ސިންގް) އުމުރުން 77 އަހަރުގައި ހާޓްއެޓޭކެއް ޖެހިގެން އިއްޔެ ހެނދުނު މަރުވެއްޖެއެވެ.
އިންޑިއާގެ މަޝްހޫރު ކްރައިމް ޝޯ ސީއައިޑީ (CID) އުފެއްދި ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ބްރިޖެންދުރަ ޕާލް ސިންގް (ބީޕީ ސިންގް) އުމުރުން 77 އަހަރުގައި ހާޓްއެޓޭކެއް ޖެހިގެން އިއްޔެ ހެނދުނު މަރުވެއްޖެއެވެ.
އިއްޔެ ހެނދުނު ބީޕީ ސިންގް ހޭނުލައިގެން އާއިލާއިން ބެލިއިރު އެއްވެސް ހަރަކާތެއް ނެތި އޮތުމުން ހޮސްޕިޓަލަށް ގެންދިޔައެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ. ހާޓްއެޓޭކެއް ޖެހިގެން މަރުވި ނަމަވެސް، ބީޕީ ސިންގް ބަލިވެ އުޅޭތާ ދުވަސްތަކެއް ވެފައިވާ ކަމަށް ސީއައިޑީ ޝޯގައި މުހިންމު ރޯލެއް އަދާކުރި ދަޔާނަންދު ޝެޓީ ސޯޝަލް މީޑިއާގައި ބުނެފައިވެއެވެ.
ބީޕީ ސިންގް ސީއައިޑީ ޝޯ އުފައްދަން ފެށީ 1998 ވަނަ އަހަރުއެވެ. ސޮނީ އެންޓަޓެއިންމެންޓް ޓެލެވިޝަނުން ދެއްކި އެ ޝޯގެ ބައެއް އެޕިސޯޑުތަކުގައި ޑީސީޕީ ޝަމްޝޭރު ސިންގް ޗިޓްރޯލޭގެ ރޯލުން ކެމެރާ ކުރިމަތިން ވެސް އޭނާ ފެނިފައިވެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަޝްހޫރުވި އެ ޝޯ 20 އަހަރު ވަންދެން ގެނެސްދިންއިރު ބެލުންތެރިންގެ މެދުގައި ފޫހިވި ދުވަސްވަރެއް ނާދެއެވެ.
ސީއައިޑީގެ ކުރިން 1995 ވަނަ އަހަރު ސޮނީން ދެއްކި މަޝްހޫރު ބިރުވެރި ސީރީޒް އާހަތު (Aahat) ވެސް އުފެއްދީ ބީޕީ ސިންގެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް