މައިގަނޑު ބަޔަށް ދާން

ހަބަރު

އައްޑޫ އަދި ފުވައްމުލަކުގެ ފެން މީޓަރުތަކުގެ ބޭސް ރީޑިން ނެގުން ފަށައިފި

އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގެ ގޭބިސީތަކުގެ ފެން މީޓަރުތަކުން ބިލް ކުރުމުގެ އައު މަރުހަލާ ފެށުމަށް ބޭނުންވާ ބޭސް ރީޑިން ނެގުމުގެ މަސައްކަތް މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ފަށައިފިއެވެ.

އައްޑޫ އަދި ފުވައްމުލަކުގެ ފެން މީޓަރުތަކުގެ ބޭސް ރީޑިން ނެގުން ފަށައިފި

އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގެ ގޭބިސީތަކުގެ ފެން މީޓަރުތަކުން ބިލް ކުރުމުގެ އައު މަރުހަލާ ފެށުމަށް ބޭނުންވާ ބޭސް ރީޑިން ނެގުމުގެ މަސައްކަތް މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ފަށައިފިއެވެ.

އެ ކުންފުނިން ނެރުނު ނޯޓިސްއެއްގައި ބުނެފައިވާ ގޮތުގައި، ހުޅުދޫ އަދި މީދޫ ހިމެނޭ ގޮތަށް އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގެ ގޭބިސީތަކުން މިހާރު ނަގަމުން ދަނީ ބިލް ކުރުމުގެ އައު މަރުހަލާ ފެށޭ ހިސާބު ކަނޑައެޅުމަށް ނަގާ ބޭސް ރީޑިންއެވެ. މި ރީޑިންއަށް ފަހު ބޭނުންކުރެވޭ ފެނުގެ މިންވަރަށް ބިނާކޮށް ކަސްޓަމަރުންނަށް އެމްޑަބްލިޔުއެސްސީގެ ފުރަތަމަ ބިލް ފޮނުވާނީ ނޮވެންބަރު 2026 ގެ ބިލިން ސައިކަލުގައި ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ބޭސް ރީޑިން ނެގުމުގެ މަސައްކަތް ނިމުމުން، ފުރަތަމަ ރީޑިންގެ ގޮތުގައި ރެކޯޑުކުރެވުނު އަދަދު ކަސްޓަމަރުންނަށް އެސްއެމްއެސް މެދުވެރިކޮށް ފޮނުވާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފައިވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް އެ ކުންފުނީގެ ކަސްޓަމާ ސާވިސް ނަންބަރު 1575 އަށް ގުޅުމަށް ވެސް އެ ކުންފުނިން ވަނީ އެދިފައެވެ.

އެ ދެ ސިޓީގެ ފެނާއި ނަރުދަމާގެ ޚިދުމަތް ކުރިން ދެމުން ގެންދިޔައީ ފެނަކައިންނެވެ. ނަމަވެސް ފެނަކަ އުވައިލާތީ އެ ޚިދުމަތް ވަނީ އެމްޑަބްލިޔުއެސްސީގެ ދަށަށް ބަދަލުކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.