މައިގަނޑު ބަޔަށް ދާން

ހަބަރު

ޙައްޖު ކޯޕަރޭޝަނުން 2026 ވަނަ އަހަރުގެ ޢުމްރާ ދަތުރުތަކަށް ރަޖިސްޓްރީވާން ހުޅުވާލައިފި

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން އަންނަ އަހަރު ބާއްވާ ޢުމްރާ ދަތުރުތަކުގެ ތާވަލު މިއަދު އިޢުލާނުކޮށް، ޖާގައަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޙައްޖު ކޯޕަރޭޝަނުން 2026 ވަނަ އަހަރުގެ ޢުމްރާ ދަތުރުތަކަށް ރަޖިސްޓްރީވާން ހުޅުވާލައިފި

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން އަންނަ އަހަރު ބާއްވާ ޢުމްރާ ދަތުރުތަކުގެ ތާވަލު މިއަދު އިޢުލާނުކޮށް، ޖާގައަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ދިރާސީ ކަލަންޑަރާ ގުޅުވައިގެން ރާވާފައިވާ މި ދަތުރުތައް ބާއްވަނީ ރަމަޟާން މަހާއި ޖުލައި މަހާއި ސެޕްޓެމްބަރު މަހާއި ޑިސެމްބަރު މަހުގައެވެ. ސްކޫލް ބޮޑު ޗުއްޓީތަކާއި ޢާއިލާތަކަށް ފަސޭހަ ދުވަސްވަރުތަކާ ދިމާވާ ގޮތަށް މި ދަތުރުތައް ރާވާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

ޖުލައި އަދި ސެޕްޓެމްބަރު ޕެކޭޖުގެ އަގަކީ 30،965 ރުފިޔާ ކަމަށާއި ޑިސެމްބަރު ޕެކޭޖަށް 31،965 ރުފިޔާ ދައްކަން ޖެހޭ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ. މި އަހަރުގެ އަގުތަކާ އަޅާ ބަލާއިރު ބަދަލެއް ގެނެސްފައެއް ނުވެއެވެ.

ރަމަޟާން މަހުގެ ފަހު ފަނަރައިގެ ޢުމްރާއަށް މާލޭގެ އިތުރުން އައްޑޫ ސިޓީ ގަމުން ސީދާ ޖިއްދާއަށް ފްލައިޓް ބާއްވަން ކޯޕަރޭޝަނުން ނިންމާފައިވެއެވެ. ކުރިއަށް އޮތް ބޮޑެތި ޗުއްޓީތަކާ ދިމާކޮށް ބާއްވާ ޢުމްރާތަކުގައި ވެސް ގަމުން ޖިއްދާއަށް ދަތުރު ބޭއްވުމަކީ އެ ކޯޕަރޭޝަންގެ އަމާޒެއް ކަމަށް ބުނެފައިވެއެވެ. ހަމައެއާ އެކު، ޢުމްރާވެރިންނަށް އިތުރު އަގަކާ ނުލައި، ހުރި ރަށަކާ އެންމެ ކައިރީގައި ވެކްސިން ލިބެން ހުރި ޞިއްޙީ މަރުކަޒަކުން ވެކްސިން ޖެހޭނެ ގޮތް ވެސް ވަނީ ހަމަޖައްސައިފައެވެ.

ކޯޕަރޭޝަނުން ދޭ ޚިދުމަތްތަކުގެ ތެރޭގައި ޖިއްދާއަށް ސީދާ ފްލައިޓާއި ފެންވަރު ރަނގަޅު ހޮޓާތަކުގައި ތިބުމާއި ހިލޭ ޢުމްރާ ކިޓާއި މައްކާއިން މަދީނާއަށް ހައިސްޕީޑް ރޭލު ދަތުރާއި މަދީނާގައި ތިން ރޭ ހޭދަކުރުން ހިމެނެއެވެ. އޭގެ އިތުރުން ދިވެހި ޑޮކްޓަރުންނާއި ނަރުހުން ހިމެނޭ ކްލިނިކާއި ފާމަސީގެ ޚިދުމަތާއި ލޮކޭޝަން ޓްރެކިންގ ޑިވައިސާއި ލޯންޑްރީ އަދި ބަގީގެ ޚިދުމަތް ވެސް ލިބެން ހުންނާނެއެވެ.

ކޮންމެ ދަތުރަކަށް ވެސް ޖާގަ ލިމިޓެޑް ކަމުން، "ފަހެލި" ޕޯޓަލް ނުވަތަ ވެބްސައިޓް މެދުވެރިކޮށް ވީ އެންމެ އަވަހަކަށް ރަޖިސްޓްރީވުމަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.