ގޭގައި ކިޔަވައިދިނުމުގެ ބިލާ ދެކޮޅަށް ނަޝީދު ވާހަކަދައްކައިފި
ވަކި ޚާއްޞަ ޙާލަތްތަކުގައި ދަރިވަރުންނަށް ގޭގައި ތަޢުލީމު ދެވޭ ގޮތަށް ތަޢުލީމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅުމާ ގުޅިގެން ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ވަކި ޚާއްޞަ ޙާލަތްތަކުގައި ދަރިވަރުންނަށް ގޭގައި ތަޢުލީމު ދެވޭ ގޮތަށް ތަޢުލީމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅުމާ ގުޅިގެން ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް ހުށަހެޅުއްވި މި ބިލުގެ ފުރަތަމަ ކިޔުން ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވައިފައެވެ. ބިލުގެ ބަހުސް ކުރިއަށްދާ ދަނޑިވަޅުގައި ނަޝީދު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވައި، އެ ފުރުޞަތު ނުދިނުމަށް ގޮވާލައްވައިފައެވެ.
"މިހާރުވެސް 4000 އަށްވުރެ ގިނަ ކުދިން ގަވާއިދުން ސުކޫލަށް ނުދޭ. ހޯމް ސްކޫލިންގ ގެ ނަމުގައި ރާއްޖޭގެ ޒުވާން ޖީލު މަގުފުރައްދައި ހަލާލުކުރުމުގެ ފުރުސަތު ދީގެން ނުވާނެ"
ސަރުކާރުގެ ފަރާތުން ހުށަހެޅި މި ބިލުގެ މައިގަނޑު މަޤްޞަދަކީ، ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ސްކޫލަށް ހާޒިރުވެގެން ކިޔެވުމަށް ނުކުޅެދޭ ދަރިވަރުންނަށް، އެސެސްމަންޓެއްގެ މައްޗަށް ބިނާކޮށް ގޭގައި މަދުރަސީ ތަޢުލީމު ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެއްސުމެވެ. ތަޢުލީމުގެ ޤާނޫނު (ޤާނޫނު ނަންބަރު 24/2020) ގެ 16 ވަނަ މާއްދާގެ ފަހަތަށް 16-1 ވަނަ މާއްދާއެއް އިތުރުކޮށް، ހޯމް ސްކޫލިންގ ޕްރޮގްރާމްގެ ޝަރުޠުތަކާއި އުސޫލުތައް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ބިލުގައިވާ ގޮތުން ހޯމް ސްކޫލިންގ ޕްރޮގްރާމްގައި ބައިވެރިވެވޭނީ ތިން ޝަރުޠެއް ފުރިހަމަވާ ނަމައެވެ. އެއީ ކުއްޖާއަކީ ނުކުޅެދުންތެރިކަމެއް ނުވަތަ ޚާއްޞަ ޙާލަތެއްގެ ސަބަބުން ސްކޫލަށް ހާޒިރުވެ ކިޔެވުމަށް ނުކުޅެދިފައިވާ ކުއްޖެއް ކަމުގައި ވުމާއި، ބެލެނިވެރިންނަކީ އެ ޕްރޮގްރާމް ހިންގުމުގެ މާލީ ޤާބިލުކަން ހުރި ފަރާތްތަކެއް ކަމުގައި ވުމާއި، ސްކޫލެއްގައި ކުއްޖާ ރަޖިސްޓަރީވެފައި ވުމެވެ. މީގެ އިތުރުން މަޖުބޫރު ތަޢުލީމުން އިސްތިސްނާ ކުރެވޭ ޙާލަތުގައި ވެސް ބެލެނިވެރިން ކުއްޖާގެ ނުކުޅެދުންތެރިކަމާ އެކަށޭނަ ގޮތަކަށް އުނގަންނައިދިނުމަށް މަސައްކަތްކުރަން ޖެހޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް