މައިގަނޑު ބަޔަށް ދާން

ވިޔަފާރި

ބޯޓިންގ އެވޯޑްސް 2026 ގެ ވޯޓުލުން އޮންލައިންކޮށް ހުޅުވާލައިފި

ކަނޑުދަތުރުފަތުރުގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަރާތްތައް އިޚުތިޔާރުކުރުމަށް ބާއްވާ މޯލްޑިވްސް ބޯޓިންގ އެވޯޑްސް 2026 ގެ އޮންލައިން ވޯޓުލުން މިއަދު ރަސްމީކޮށް ފަށައިފިއެވެ.

ބޯޓިންގ އެވޯޑްސް 2026 ގެ ވޯޓުލުން އޮންލައިންކޮށް ހުޅުވާލައިފި

ކަނޑުދަތުރުފަތުރުގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަރާތްތައް އިޚުތިޔާރުކުރުމަށް ބާއްވާ މޯލްޑިވްސް ބޯޓިންގ އެވޯޑްސް 2026 ގެ އޮންލައިން ވޯޓުލުން މިއަދު ރަސްމީކޮށް ފަށައިފިއެވެ.

ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ސިނާއަތުގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑުގައި މި ފަހަރު ތިން ކެޓަގަރީއަކުން ވާދަކުރެއެވެ. އެއީ 10 މީޓަރާއި 15 މީޓަރާ ދެމެދުގެ ފައިބަރ އުޅަނދުގެ އެންމެ ރަނގަޅު އުފެއްދުންތެރިޔާގެ ކެޓަގަރީއާއި، ބޯޓު އިކުއިޕްމަންޓް ސަޕްލަޔަރ އޮފް ދަ ޔިއަރގެ ކެޓަގަރީއާއި، ޑޮކް ޔާޑް އޮފް ދަ ޔިއަރގެ ކެޓަގަރީއެވެ.

ފައިބަރ އުޅަނދުގެ ކެޓަގަރީން މެރިން މާސްޓަރ 39 އަދި މެރިން މާސްޓަރ 49 ވާދަކުރާއިރު، ސަޕްލަޔަރ ކެޓަގަރީން މެރިން އިކުއިޕްމެންޓްސް އަދި ޑޮކް ޔާޑް ކެޓަގަރީން މެރިން މާސްޓަރ ބޯޓު ޔާރޑް ވާދަކުރެއެވެ. ވޯޓު ދިނުމަށް ބޭނުންވާ ފަރާތްތަކަށް އެވޯޑުގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ވޯޓުލެވޭނެއެވެ.

އެވޯޑް އިންތިޒާމުކުރާ ފަރާތުން ވަނީ ސިނާއަތުގައި ޚިދުމަތްކުރާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ވީހާ ވެސް ގިނަ ބަޔަކު ވޯޓުގައި ބައިވެރިވުމަށް އެދިފައެވެ. ވޯޓުލުމުގެ ސުންގަޑިއަކީ 2026 ވަނަ އަހަރުގެ ނޮވެމްބަރު 25 ވަނަ ދުވަހުގެ ދަންވަރު 12:00 އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.