މައިގަނޑު ބަޔަށް ދާން

ހަބަރު

ޤާނޫނުލްޢުޤޫބާތު އިސްލާހުކުރުމުގެ ބިލު އިތުރަށް ދިރާސާކުރުމަށް އަނބުރާ ގެންގޮސްފި

ގަތުލުޢާންމު ހިންގުން ޖިނާއީ ކުށަކަށް ހެދުމާއި ދައުލަތުގެ އިޤުތިޞާދަށް ގެއްލުންވާ ޢަމަލުތައް ކުށަކަށް ހެދުމުގެ ގޮތުން ޤާނޫނުލްޢުޤޫބާތަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅި ބިލު، އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުން އަނބުރާ ގެންގޮސްފިއެވެ.

ޤާނޫނުލްޢުޤޫބާތު އިސްލާހުކުރުމުގެ ބިލު އިތުރަށް ދިރާސާކުރުމަށް އަނބުރާ ގެންގޮސްފި

ގަތުލުޢާންމު ހިންގުން ޖިނާއީ ކުށަކަށް ހެދުމާއި ދައުލަތުގެ އިޤުތިޞާދަށް ގެއްލުންވާ ޢަމަލުތައް ކުށަކަށް ހެދުމުގެ ގޮތުން ޤާނޫނުލްޢުޤޫބާތަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅި ބިލު، އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުން އަނބުރާ ގެންގޮސްފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު (ބޮޗޭ) އެވެ. ރާއްޖެއިން ބައިވެރިވެފައިވާ ގަތުލުޢާންމު ހުއްޓުވުމާ ބެހޭ ބައިނަލްއަޤުވާމީ މުޢާހަދާއާ އެއްގޮތްވާ ގޮތުގެ މަތިން ގެންނަ މި އިސްލާހުގައި، ޤާނޫނުގެ 140 ވަނަ ބާބުގެ ފަހަތަށް ގަތުލުޢާންމާ ބެހޭ ޚާއްޞަ މާއްދާއެއް އިތުރުކުރުމަށް ހުށަހަޅާފައިވެއެވެ. އެ މާއްދާގެ ދަށުން ވަކި ޤައުމަކަށް، ނަސްލަކަށް، ދަރިފަސްކޮޅަކަށް ނުވަތަ ދީނަކަށް ނިސްބަތްވާ ބަޔަކާ ދެކޮޅަށް ޖިސްމާނީ ނުވަތަ ނަފްސާނީ ބޮޑެތި އަނިޔާ ދިނުން ޖިނާއީ ކުށެއް ކަމުގައި ކަނޑައެޅުމަށް ހިމަނާފައިވެއެވެ. އޭގެ އިތުރުން، ދައުލަތުގެ އިޤުތިޞާދަށް ބޮޑު ގެއްލުމެއް ލިބިދާނެކަން އެނގިހުރެ ނުވަތަ ފަރުވާލެއް ނެތި މުހިންމު ޢުމްރާނީ ވަސީލަތްތަކަށާއި އެއާ ގުޅޭ ކޮމްޕިއުޓަރު ސިސްޓަމްތަކަށް ގެއްލުން ދިނުން ކުށަކަށް ހެދުން ވެސް ބިލުގެ އަސާސީ ކަމެއްގެ ގޮތުގައި ހިމެނެއެވެ. މީގެ ކުރިން މަޖިލީހުގެ ޖަލްސާ އެޖެންޑާގައި ދެ ފަހަރެއްގެ މަތިން މި ބިލުގެ މަސައްކަތް ހިމެނުމަށްފަހު ވަނީ އުނިކޮށްފައެވެ.

ބިލު އަނބުރާ ގެންދެވިކަން ކަށަވަރުކޮށްދެއްވަމުން މެންބަރު ރިފާޢު ވިދާޅުވީ "ބިލު އަނބުރާ ނެންގެވީ އޭގައި އިތުރަށް ބަލައި ދިރާސާކުރަންޖެހޭ މުހިންމު ކަންތައްތަކެއް ހުރުމުން" ކަމަށެވެ.

ރަސްމާލެ މަޝްރޫޢާ ގުޅޭ ފާޑުކިޔުންތައް ހުއްޓުވުމަށް ގެންނަ އިސްލާހެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރި ނަމަވެސް، ބަންޑާރަނައިބު އަޙުމަދު އުޝާމް ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައި، މިއީ ބައިނަލްއަޤުވާމީ މުޢާހަދާއަކަށް ޢަމަލުކުރުމުގެ ގޮތުން ހުށަހެޅި ބިލެއްކަން ސާފުކޮށްދެއްވާފައެވެ. ރަސްމާލެ މަޝްރޫޢާ ގުޅޭ ގޮތުން އެމްޑީޕީގެ ކުއްލި ޤައުމީ މަޖިލީހުގެ ބައްދަލުވުމެއް ވަރަށް އަވަހަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.