މައިގަނޑު ބަޔަށް ދާން

ވިޔަފާރި

މޯލްޑިވްސް އެކްސްޕޯ 2026 - ފުރަތަމަ ތިން ރޭ 110,000 އަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފި

ރާއްޖޭގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު މައުރަޒު ކަމުގައިވާ މޯލްޑިވްސް އެކްސްޕޯ 2026 ގެ ފުރަތަމަ ތިން ރެއެއްގެ ތެރޭގައި 110,000 އަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އެކްސްޕޯ 2026 - ފުރަތަމަ ތިން ރޭ 110,000 އަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފި

ރާއްޖޭގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު މައުރަޒު ކަމުގައިވާ މޯލްޑިވްސް އެކްސްޕޯ 2026 ގެ ފުރަތަމަ ތިން ރެއެއްގެ ތެރޭގައި 110,000 އަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސަޢީދު މި މަޢުލޫމާތު ހާމަކުރެއްވީ އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައެވެ. އެ މެސެޖުގައި މިނިސްޓަރު ވިދާޅުވީ މައުރަޒުގެ ފުރަތަމަ ތިން ރެއާއި، ވަނަވަނައަށް އައި ފަރާތްތަކަށް އިނާމު ދިނުމަށް އޭގެ ކުރީ ރޭ ބޭއްވި ބައްދަލުވުމުގައި ވެސް ރައީސް މުޢިއްޒު ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. ރައީސް ވަނީ އުފެއްދުންތެރީންނާ ބައްދަލުކުރެއްވުމުގައި 11 ގަޑިއިރު ހޭދަކުރައްވައިފައެވެ.

މިދިޔަ އަހަރު މި މައުރަޒުގައި 240 ފަރާތަކުން ބައިވެރިވި ނަމަވެސް، މިއަހަރު އެ ޢަދަދު ވަނީ 430 އަށް އިތުރުވެފައެވެ. ބައިވެރިކޮށްފައިވާ އުފެއްދުންތަކުގެ ޢަދަދު 4,400 އަށްވުރެ މައްޗަށް އަރައެވެ. މައުރަޒު ބެހިފައިވާ ޑިސްޓްރިކްޓްތައް ވެސް މިދިޔަ އަހަރުގެ ފަހަކުން މިއަހަރު ހަތަކަށް ވަނީ އިތުރުކޮށްފައެވެ.

މިއަހަރު އަލަށް ޤާއިމުކުރި ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓަކީ ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްޞަ ބައެކެވެ. އޭގެ އިތުރުން އާ އިންޓަނޭޝަނަލް ޑިސްޓްރިކްޓެއް ވެސް ޤާއިމުކޮށްފައިވާއިރު، އެ ބައިގައި ރާއްޖެއާ މިނިވަން ވިޔަފާރީގެ އަދި ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓް ހަދާފައިވާ އަދި ހެދުމަށް މަސައްކަތް ކުރަމުންދާ ޤައުމުތަކުގެ ޓެކްނިކަލް އުފެއްދުންތައް ދައްކައިލުމަށް ވަނީ ހަމަޖެހިފައެވެ.

ހުޅުމާލެ ސެންޓްރަލް ޕާކު އެއްކޮށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ މި މައުރަޒު ނިމޭނީ އަންނަ މަހުގެ ދެ ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.