ޓަރޝަރީ ހޮސްޕިޓަލްތައް އެއް ވިއުގައަކުން ގުޅުވައިލުމަށް އައު ގްރޫޕެއް އުފައްދަނީ
ސިއްޙީ ދާއިރާގެ ޚަރަދު ކުޑަކޮށް ހިންގުން ހަރުދަނާކުރުމަށްޓަކައި "މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް" އުވާލައި އޭގެ ބަދަލުގައި "މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް" ގެ ނަމުގައި އައު ގްރޫޕެއް އުފައްދަން ނިންމައިފިއެވެ.
ސިއްޙީ ދާއިރާގެ ޚަރަދު ކުޑަކޮށް ހިންގުން ހަރުދަނާކުރުމަށްޓަކައި "މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް" އުވާލައި އޭގެ ބަދަލުގައި "މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް" ގެ ނަމުގައި އައު ގްރޫޕެއް އުފައްދަން ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މި ނިންމެވުން ހާމަކުރެއްވީ "ނޭޝަން ޗެޓް" ސިލްސިލާ ޕޮޑްކާސްޓްގެ ހަ ވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މި ބަދަލާ އެކު ސިއްޙީ ދާއިރާގައި ހުރި ތަކުރާރުވުންތައް ނައްތައިލެވި، ސަރުކާރުގެ ހުރިހާ ޓަރޝަރީ ހޮސްޕިޓަލްތަކާއި ޓަރޝަރީ ފެންވަރަށް ތަރައްޤީކުރަމުންދާ ހޮސްޕިޓަލުތައް އެއް ވިއުގައަކުން ގުޅައިލެވިގެންދާނެ ކަމަށެވެ. އެ ވިއުގައިގެ މައިގަނޑު ބޭނުމަކީ ހޮސްޕިޓަލުތަކުގެ މެދުގައި ވަސީލަތްތައް ޙިއްޞާކުރުމާއި، ޑޮކްޓަރުންގެ ފަންނީ ޚިދުމަތް އެއް ތަނުން އަނެއް ތަނަށް ފޯރުކޮށްދެވޭނެ މަގު ފަހިކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަންނަ ނޮވެމްބަރު މަހުން ފެށިގެން ތިނެއް ނުވަތަ އެންމެ ގިނަވެގެން ހަތަރު މަސް ދުވަހުގެ ތެރޭގައި އައު ނިޒާމުގެ ދަށުން ހޮސްޕިޓަލުތައް ގުޅައިލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ އައު މުވައްޒަފުންތަކެއް އިތުރުކުރެވޭ މަޝްރޫޢެއް ނޫން ކަމަށާއި، ނަމަވެސް ސަރުކާރު ޚަރަދުގައި ތަޢުލީމު ހާސިލުކުރައްވާ ޑޮކްޓަރުންގެ ޚިދުމަތް އެންމެ ފުރިހަމައަށް ލިބިގަނެވޭނެ އުސޫލުތައް ޤާއިމުކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ އިތުރުން ޚާއްޞަ ދާއިރާތަކުން މަތީ ފެންވަރުގެ ޚިދުމަތް ދިނުމަށް ބޭރުގެ ޑޮކްޓަރުން ރާއްޖޭގައި ޤާއިމުވެ ތިއްބަވައިގެން ޚިދުމަތް ދެއްވުމުގެ އިންތިޒާމު ވެސް ހަމަޖެހިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ސިއްޙީ ދާއިރާ ތަރައްޤީކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު އަމާޒެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓަރޝަރީ ހޮސްޕިޓަލްތައް ޤާއިމުކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށާއި، އަތޮޅު ހޮސްޕިޓަލްތަކާއި ރަށު ސިއްޙީ މަރުކަޒުތަކުގެ ފެންވަރު މަތިކުރެވެމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޞިއްޙީ ބޭނުންތަކަށް ބޭރަށް ކުރަންޖެހޭ ދަތުރުތައް މަދުކުރުމުގެ މަސައްކަތް ވެސް ހަލުވި ދުވެލީގައި ކުރެވެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް