މައިގަނޑު ބަޔަށް ދާން

ހަބަރު

މެދުއިރުމަތީގެ ސަލާމަތީ ހާލަތާ ގުޅިގެން މޯލްޑިވިއަންގެ ޖިއްދާ އުމްރާ ފްލައިޓް ފަސްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވެ، ސަލާމަތީ ކަންބޮޑުވުންތައް އުފެދިފައިވާތީ، އޮކްޓޫބަރު 29 ވާ ބުރާސްފަތި ދުވަހު މާލެއިން ޖިއްދާއަށް ކުރަން ހަމަޖެހިފައި އޮތް މޯލްޑިވިއަންގެ އުމްރާ ފްލައިޓް ފަހުގެ ތާރީޚަކަށް ފަސްކޮށްފައިވާ ކަމަށް އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައިއޭއެސް) އާއި މޯލްޑިވްސް ޙައްޖ

މެދުއިރުމަތީގެ ސަލާމަތީ ހާލަތާ ގުޅިގެން މޯލްޑިވިއަންގެ ޖިއްދާ އުމްރާ ފްލައިޓް ފަސްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވެ، ސަލާމަތީ ކަންބޮޑުވުންތައް އުފެދިފައިވާތީ، އޮކްޓޫބަރު 29 ވާ ބުރާސްފަތި ދުވަހު މާލެއިން ޖިއްދާއަށް ކުރަން ހަމަޖެހިފައި އޮތް މޯލްޑިވިއަންގެ އުމްރާ ފްލައިޓް ފަހުގެ ތާރީޚަކަށް ފަސްކޮށްފައިވާ ކަމަށް އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައިއޭއެސް) އާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.

މޯލްޑިވިއަން ހިންގާ ކުންފުނިން ބުނީ ސައުދީ އަރަބިއްޔާ ހިމެނޭ ސަރަހައްދުގެ ސަލާމަތީ ހާލަތު ގާތުން ބަލަމުން ގެންދާ ކަމަށެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ސަރަހައްދުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށާއި، ހެދި އެސެސްމަންޓުތަކުން ފެންނަ ގޮތުގައި ފަސިންޖަރުންގެ ސަލާމަތަށް ބުރޫ އަރައިފާނެ ފަދަ ނުރައްކާތެރި ހާލަތެއް އޮތް ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ބައެއް އެއާލައިންތަކުން ސައުދީ އަރަބިއްޔާއަށް ކުރާ ދަތުރުތައް މެދުކަނޑާލާފައިވެއެވެ. އޭގެ އިތުރުން ބައިނަލްއަޤުވާމީ ވައިގެ ދަތުރުތަކާ ބެހޭ އިދާރާތަކުން ނެރެފައިވާ ބަޔާންތަކުގައިވާ ގޮތުން، ޖިއްދާގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގައި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.

"ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އަބަދުވެސް އަޅުގަނޑުމެން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއްދޭ ކަމެކެވެ. މި ދަތުރުގައި ބައިވެރިވާ ފަސިންޖަރުން ބޭނުންވާ އެހީތެރިކަން ދެ މުއައްސަސާއިންވެސް ފޯރުކޮށްދޭނެއެވެ. އަދި މަސްރަހު ހަމައަކަށް އެޅި، ދަތުރުކުރުމުގެ ރައްކާތެރިކަން ކަށަވަރުވުމުން، ދަތުރު ކުރާނެ އައު ތާރީޚެއް ފަސިންޖަރުންނަށް އަންގާނެ ވާހަކަ ދަންނަވަމެވެ،" ކަމަށް އައިއޭއެސްގެ ބަޔާނުގައި ބުނެފައިވެއެވެ.

ފްލައިޓް ފަސްކުރުމުގެ ސަބަބުން ދަތުރުވެރިންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި އައިއޭއެސް އާއި ޙައްޖު ކޯޕަރޭޝަނުން ވަނީ މާފަށް އެދިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.