މައިގަނޑު ބަޔަށް ދާން

ހަބަރު

ރަސްމާލެ މަޝްރޫޢުގައި ދީނާ ޚިލާފު ކަމަކަށް ޖާގަ ނުދޭނެ: ރައީސް

ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢުގައި ރާ ވިއްކުމާއި އޫރުމަސް ވިއްކުމާއި ކެސީނޯ ހިންގުން ފަދަ އިސްލާމީ އުސޫލުތަކާ ފުށުއަރާ އެއްވެސް ކަމަކަށް ފުރުސަތު ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއެވެ.

ދައުލަތުގެ މީޑިއާގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި ކުރިއަށް ގެންދާ ވޯޓަރފްރަންޓާއި މެރީނާ މަޝްރޫޢުގެ މަސައްކަތް ނިމި ޚިދުމަތް ދޭން ފެށި ނަމަވެސް، ދީނީ ހަމަތަކާ ޚިލާފު އެއްވެސް ޢަމަލެއް ހިންގުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.

އެ މަޝްރޫޢަކީ ރައްޔިތުންނަށް ސިއްރު އެއްވެސް ކަމެއް ނެތް، ހާމަކަން ބޮޑު މަޝްރޫޢެއް ކަމުގެ ޔަޤީންކަން ވެސް ރައީސް ދެއްވިއެވެ.

ޔޫއޭއީގެ ވިޔަފާރިވެރިޔާ މުޙައްމަދު އަލައްބާރުގެ އީގަލް ހިލްސް ކުންފުނިން ރަސްމާލެ ބިނާކުރުމަށް ރާވާފައި އޮތީ ޒަމާނީ އިމާރާތްތަކާއި ފަތުރުވެރިކަމާއި ވިޔަފާރީގެ ވަސީލަތްތައް ހިމެނޭ، ތިމާވެށްޓާ ރައްޓެހި އިކޯ ސިޓީއެއްގެ ގޮތުގައެވެ. ސަރުކާރުން ބުނީ މި މަޝްރޫޢުގެ ސަބަބުން ބޯހިޔާވަހިކަމުގެ ތަނަވަސް ފުރުސަތުތައް ފަހިވެ، ދިވެހި ރައްޔިތުންނަށް އިޤުތިޞާދީ ގޮތުން ގިނަ މަންފާތައް ލިބިގެންދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.