2027 ގެ ބަޖެޓުން ފަށާފައިވާ މަޝްރޫޢުތަކުގެ 70 އިންސައްތަ ނިންމުމަށް އަމާޒުހިފައިފި
ކުރިއަށް އޮތް 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ފެށިފައިވާ މަޝްރޫޢުތަކުގެ ތެރެއިން މަދުވެގެން 70 އިންސައްތަ މަޝްރޫޢު އެއްކޮށް ނިންމައި ޙަވާލުކުރުން ކަމުގައި ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ފެށިފައިވާ މަޝްރޫޢުތަކުގެ ތެރެއިން މަދުވެގެން 70 އިންސައްތަ މަޝްރޫޢު އެއްކޮށް ނިންމައި ޙަވާލުކުރުން ކަމުގައި ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕަބްލިކް ސަރވީސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގެ ހަ ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ ބަޖެޓު ތައްޔާރުކޮށްފައިވަނީ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވާ ހޮސްޕިޓަލްތަކާއި ސްކޫލްތައް ފަދަ އަސާސީ ޚިދުމަތްތައް ނިންމުމަށް އިސްކަންދީގެން ކަމަށެވެ. މިއަދު ރައްޔިތުންގެ މަޖިލީހަށް އެ ބަޖެޓު ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް ވިދާޅުވި ގޮތުގައި، މި ސަރުކާރާ ޙަވާލުވެވަޑައިގެންނެވިއިރު ޤައުމުގެ އިޤްތިޞާދު އޮތީ ދަރަނި ނުދެއްކި ބަނގުރޫޓުވުމުގެ ތުންފަތްމަތީގައެވެ. އެ ޙާލަތުން ޤައުމު ސަލާމަތްކުރެއްވުމަށް ފުރަތަމަ އިސްކަން ދެއްވި ކަމަށާއި، ނަތީޖާއެއްގެ ގޮތުން މި އަހަރު ފެށުނުއިރު ގްރޮސް ރިޒާވާއި ޔޫސަބަލް ރިޒާވް ރެކޯޑް މިންވަރަކަށް އިތުރުކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ދައުލަތުގެ ޚަރަދުތައް ކުޑަކުރުމާއި ބަޖެޓުގެ ޑެފިސިޓް ކުޑަކުރުމާއި އާމްދަނީ އިތުރުކުރެވޭނެ އައު ގޮތްތައް ހޯދުމަށް ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވިއެވެ.
ސަރުކާރުގެ މަޝްރޫޢުތަކުގެ ސަބަބުން ބަޖެޓަށް ދަރަނި ބޮޑުނުވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވީ، ރަސްމާލެ މަޝްރޫޢަށް ގެންނަ އިންވެސްޓްމަންޓަކީ ސަރުކާރުގެ ބޮލުގައި އިތުރު ދަރަންޏެއް ނުވަތަ ލޯނެއް އެޅޭނެ ކަމެއް ނޫން ކަމަށެވެ. އެ މަސައްކަތް ކުރިއަށް ގެންދަނީ މުސްތަޤުބަލުގައި ލިބޭނެ އާމްދަނީއިން ކެނޑޭ ގޮތަށް ކަމުން، ދައުލަތުގެ ބަޖެޓަށް އޭގެ ބުރައެއް ނުއުފުލާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާއި ޓެކްސް އާމްދަނީއަށް ނޭދެވޭ އަސަރުތަކެއް ކުރި ނަމަވެސް، ކަންކަން މެނޭޖްކޮށްގެން ބަޖެޓުގެ ތެރެއިން މަޝްރޫޢުތައް ކުރިއަށް ގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް