ބަޖެޓު ޑެފިސިޓް 2028 ގެ ނިޔަލަށް ފަހެއް އިންސައްތައަށް ތިރިކުރުމުގެ އަމާޒު ހިފައިފި
ދައުލަތުގެ ބަޖެޓު ޑެފިސިޓް 2028 ވަނަ އަހަރު ނިމޭއިރު ޖީޑީޕީގެ ފަސް އިންސައްތައަށް ކުޑަކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު މިއަދު ވިދާޅުވެއެވެ.
ދައުލަތުގެ ބަޖެޓު ޑެފިސިޓް 2028 ވަނަ އަހަރު ނިމޭއިރު ޖީޑީޕީގެ ފަސް އިންސައްތައަށް ކުޑަކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު މިއަދު ވިދާޅުވެއެވެ.
2027 ވަނަ އަހަރަށް ލަފާކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ، ތަރައްޤީގެ މަޝްރޫޢުތައް ހިންގުމާ އެކު ޤައުމުގެ މާލީ ހަމަޖެހުން ދެމެހެއްޓުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެއް ކަމަށެވެ. އާމްދަނީ ޖީޑީޕީގެ 32 އިންސައްތައަށްވުރެ ދަށް ނުވާ ގޮތަށް ހިފެހެއްޓުމާއި ރިކަރަންޓް ޚަރަދު ލިބޭ އާމްދަނީއިން ހަމަޖެއްސުމަކީ ބަޖެޓުގެ އަމާޒެއް ކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން އަންނަ އަހަރު 43.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވޭ އިރު، ރިކަރަންޓް ޚަރަދަށް ހޭދަވާނީ 42.7 ބިލިއަން ރުފިޔާ ކަމަށް އަންދާޒާކޮށްފައިވެއެވެ.
ބަޖެޓުގެ ތަފްޞީލުތަކަށް ބަލާއިރު ދައުލަތުގެ ސީދާ ދަރަނި 2027 ގައި ޖީޑީޕީގެ 117 އިންސައްތައިގައި ހުރެ، 2028 ގައި 116.3 އިންސައްތައަށް އަދި 2029 ގައި 107.9 އިންސައްތައަށް ދަށްވާނެ ކަމަށް އަންދާޒާކޮށްފައިވެއެވެ. ޑެފިސިޓް ވެސް 2027 ގެ 7.3 އިންސައްތައިން 2029 ގައި 2.6 އިންސައްތައަށް ކުޑަވެ، އެ އަހަރު ޖީޑީޕީގެ 0.9 އިންސައްތައިގެ ޕްރައިމަރީ ސަރޕްލަހެއް ހާސިލުވާނެ ކަމަށް ލަފާކޮށްފައިވެއެވެ.
ޕީއެސްއައިޕީގެ ޚަރަދު ޑޮމެސްޓިކް ބަޖެޓުން ފަންޑުކުރާ މިންވަރު 70 އިންސައްތައަށްވުރެ މައްޗަށް ނުގެންދިއުމާއި ބޭރުގެ ލޯނުތަކުގެ އިންޓަރެސްޓް ޚަރަދު ޖުމްލަ އާމްދަނީގެ 12 އިންސައްތައިގައި ހިފެހެއްޓުމަކީ ވެސް ބަޖެޓުގެ ލަނޑުދަނޑިތަކެވެ. 2028 ގައި ޕީއެސްއައިޕީ ޚަރަދު ޖީޑީޕީގެ ހަތް އިންސައްތައަށް ތިރިކުރެވޭނެ ކަމަށް ބެލެވޭ އިރު، މެދުރާސްތާގައި އާމްދަނީ 2028 ގައި 46.6 ބިލިއަން ރުފިޔާއަށް އަދި 2029 ގައި 49.7 ބިލިއަން ރުފިޔާއަށް އިތުރުވާނެ ކަމަށް ލަފާކޮށްފައިވެއެވެ.
މިނިސްޓަރު ވިދާޅުވީ "މި ބަޖެޓުގެ އެންމެ މުހިންމު ބަޔަކީ ދައުލަތުގެ މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށްޓަކައި ކަނޑައަޅާފައިވާ އަމާޒުތައް" ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް