މައިގަނޑު ބަޔަށް ދާން

ހަބަރު

2026 ވަނަ އަހަރު ޓެކުހުގެ ރޭޓުތައް ބޮޑުނުކުރަން ނިންމައިފި

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން، މިހާރު ނަގަމުން އަންނަ އެއްވެސް ޓެކުހެއްގެ ރޭޓު އަންނަ އަހަރު މައްޗަށް ނުޖައްސަން ސަރުކާރުން ނިންމާފައިވާ ކަމަށް މާލީ މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

2026 ވަނަ އަހަރު ޓެކުހުގެ ރޭޓުތައް ބޮޑުނުކުރަން ނިންމައިފި

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން، މިހާރު ނަގަމުން އަންނަ އެއްވެސް ޓެކުހެއްގެ ރޭޓު އަންނަ އަހަރު މައްޗަށް ނުޖައްސަން ސަރުކާރުން ނިންމާފައިވާ ކަމަށް މާލީ މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ވިދާޅުވީ މި އަހަރު ކުރިމަތިވި އިޤްތިޞާދީ އަދި މާލީ ގޮންޖެހުންތަކާ އެކުގައި ވެސް ސަރުކާރުގެ އަމާޒަކީ ޓެކުހުގެ ނިޒާމުގެ ހިންގުންތެރިކަން ވަރުގަދަކޮށް، ދައުލަތުގެ އާމްދަނީގެ ބޭސް ފުޅާކުރުން ކަމަށެވެ. ޓެކުހުގެ ރޭޓު ބޮޑުކުރުމުގެ ބަދަލުގައި ސަރުކާރުން އިސްކަންދެނީ ނިޒާމުގައި ހުރި ލޫޕްހޯލްތައް ބައްދައި، ޓެކުހުގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ޢަމަލުކުރާ މިންވަރު އިތުރުކުރުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޓެކުހުގެ ނިޒާމު ޒަމާނީކޮށް ހަރުދަނާކުރުމުގެ ގޮތުން ރާވާފައިވާ ކަންކަމަށް އަލިއަޅުއްވައިލައްވަމުން މިނިސްޓަރު ވިދާޅުވީ، މި އަހަރު އަލަށް ތަޢާރަފުކުރި "މޯލްޑިވްސް ގެސްޓް އިންފޮމޭޝަން ސިސްޓަމް"ގެ ބޭނުން އިތުރަށް ފުޅާކުރާނެ ކަމަށެވެ. އޭގެ އިތުރުން ބައިނަލްއަޤުވާމީ ބެސްޓް ޕްރެކްޓިސް މިންގަނޑުތަކާ އެއްގޮތަށް ޒަމާނީ އީ-އިންވޮއިސިންގ ނިޒާމެއް ތަޢާރަފުކުރުމަށް ވެސް ރާވާފައިވާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މި ފިޔަވަޅުތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީ ބެލެހެއްޓުން އިދާރީ ގޮތުން ހަރުދަނާވެ، ރައްޔިތުންނާއި ވިޔަފާރިތަކުގެ މައްޗަށް ޓެކުހުގެ ބުރަ އިތުރުނުކޮށް ދައުލަތަށް ލިބެންޖެހޭ ޓެކުހުގެ ފައިސާ ފުރިހަމައަށް ހޯދޭނެ މަގު ތަނަވަސްވާނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.