2027 ވަނަ އަހަރުގެ 59.7 ބިލިއަން ރުފިޔާގެ ބަޖެޓު މަޖިލީހަށް ހުށަހަޅައިފި
ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު 2027 ވަނަ އަހަރަށް ލަފާކުރާ 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު 2027 ވަނަ އަހަރަށް ލަފާކުރާ 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ބަޖެޓުގެ އެންމެ ބޮޑު ޙިއްޞާއެއް ކަމުގައިވާ 14.4 ބިލިއަން ރުފިޔާ ނުވަތަ 24.1 އިންސައްތަ ޚާއްޞަކޮށްފައިވަނީ ރައްޔިތުންނަށް ފޯރުކޮށްދޭ ޢާންމު ޚިދުމަތްތަކަށެވެ. ދެވަނައަށް އެންމެ ބޮޑު އަދަދެއް ކަމުގައިވާ 10.5 ބިލިއަން ރުފިޔާ (17.6 އިންސައްތަ) ކަނޑައަޅާފައިވަނީ ޞިއްޙީ ދާއިރާއަށެވެ. އިޤްތިޞާދީ ކަންކަމަށް 9.6 ބިލިއަން ރުފިޔާ (16.1 އިންސައްތަ) އަދި ތަޢުލީމަށް 6.8 ބިލިއަން ރުފިޔާ (11.4 އިންސައްތަ) ބަޖެޓުގައި ހިމަނާފައިވެއެވެ.
މީގެ އިތުރުން ޢާންމު އަމަންއަމާންކަމާއި ސަލާމަތަށް 5.6 ބިލިއަން ރުފިޔާ (9.3 އިންސައްތަ)، އިޖުތިމާޢީ ޙިމާޔަތަށް 4.0 ބިލިއަން ރުފިޔާ (6.7 އިންސައްތަ)، ހިޔާވަހިކަމާއި ޖަމާޢަތުގެ ފަސޭހަތަކަށް 3.0 ބިލިއަން ރުފިޔާ (5.0 އިންސައްތަ) އަދި ދިފާޢަށް 2.6 ބިލިއަން ރުފިޔާ (4.4 އިންސައްތަ) ކަނޑައަޅާފައިވެއެވެ. މުނިފޫހިފިލުވުމާއި ޘަޤާފަތާއި ދީނީ ކަންކަމަށް 1.7 ބިލިއަން ރުފިޔާ (2.8 އިންސައްތަ) އަދި ތިމާވެށި ރައްކާތެރިކުރުމަށް 1.5 ބިލިއަން ރުފިޔާ (2.6 އިންސައްތަ) ހިމަނާފައިވެއެވެ.
ޚަރަދުގެ ބައިތަކަށް ބަލާއިރު ޖުމްލަ ބަޖެޓުގެ 72 އިންސައްތަ ނުވަތަ 42.7 ބިލިއަން ރުފިޔާ ހޭދަވަނީ ރިކަރަންޓް ޚަރަދަށެވެ. ތަރައްޤީގެ މަޝްރޫޢުތަކާއި އިންވެސްޓްމަންޓް ހިމެނޭ ކެޕިޓަލް ޚަރަދަށް 9.9 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. 8.2 ބިލިއަން ރުފިޔާގެ ޕީއެސްއައިޕީގެ 67.3 އިންސައްތަ ފަންޑުކުރަނީ ދައުލަތުގެ އަމިއްލަ ފައިސާއިން ކަމަށާއި 28.5 އިންސައްތަ ލޯނުން ކަމަށް ބަޖެޓުގައިވެއެވެ.
އާމްދަނީގެ ގޮތުގައި އަންނަ އަހަރު ދައުލަތަށް 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، އޭގެ 78 އިންސައްތަ ޙިއްޞާކުރަނީ ޓެކުހުގެ އާމްދަނީއެވެ. ޓެކުހުގެ ތެރެއިން ވެސް އެންމެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ ޖީއެސްޓީން ކަމަށް ވާއިރު، އެ ޓެކުހުން 18.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ހިމަނާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް