އެސްޓީއޯގެ ތިންވަނަ ކުއާޓަރުގެ ހިންގުމުގެ ފައިދާ 400 މިލިއަނަށް އަރައިފި
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ 2026 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާ ކުރީ ކުއާޓަރާ އަޅާބަލާއިރު 23 އިންސައްތަ މައްޗަށް ގޮސް، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 281 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ 2026 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާ ކުރީ ކުއާޓަރާ އަޅާބަލާއިރު 23 އިންސައްތަ މައްޗަށް ގޮސް، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 281 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
އެ ކުންފުނިން 29 އޮކްޓޫބަރު 2026 ގައި ޝާއިޢުކުރި މާލީ ރިޕޯޓުން ދައްކާ ގޮތުގައި، މި ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 6.48 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ކުރީ ކުއާޓަރާ އަޅާބަލާއިރު ހަތް އިންސައްތައިގެ ދަށްވުމެކެވެ. އާމްދަނީ ދަށްވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވެއްޓުމާ ގުޅިގެން ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ. ނަމަވެސް ތެލުގެ އަގު ދަށްވި އިރުވެސް ވިކުނު ތެލުގެ މިންވަރު ވަނީ ކުރީ ކުއާޓަރަށް ވުރެ އިތުރުވެފައެވެ.
ތެލުގެ ވިޔަފާރީގެ އިތުރުން ކުންފުނީގެ އެހެން ދާއިރާތަކުން ލިބުނު އާމްދަނީ އިތުރުވެ، ޖުމްލަ ފައިދާގެ ގޮތުގައި 738 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ހިންގުމުގެ ފައިދާ 400 މިލިއަން ރުފިޔާއަށް އެރީ ކުންފުނީގެ މެޑިކަލް ސެގްމަންޓް ރީސްޓްރަކްޗަރ ކުރުމާއި، އެހެނިހެން ދާއިރާތަކުން ޖުމްލަ ގޮތެއްގައި ހަރަދު ކުޑަކުރެވުމުގެ ސަބަބުން ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.
ޖުމްލަ ފައިދާ ދަށްވި ނަމަވެސް އިދާރީ ހިންގުމުގެ ހަރަދު ކުޑަކުރެވުމާ ގުޅިގެން، ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 352 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ކުރީ ކުއާޓަރާ އަޅާބަލާއިރު ފަސް އިންސައްތައިގެ ކުރިއެރުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް