މައިގަނޑު ބަޔަށް ދާން

ހަބަރު

11 ރަށެއްގެ މަގު ހެދުމުގެ މަޝްރޫޢު 912 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި

11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް 912.15 މިލިއަން ރުފިޔާއަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

11 ރަށެއްގެ މަގު ހެދުމުގެ މަޝްރޫޢު 912 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި

11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް 912.15 މިލިއަން ރުފިޔާއަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މި ރަށްތަކުގެ މަގުތަކުގައި ތާރު އެޅުމާއި ސީޓީބީއާ އެކު ވެލި އެޅުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން ރ. އިންނަމާދޫގެ 2.60 ކިލޯމީޓަރުގެ ހަތް މަގެއްގައި ތާރު އަޅާއިރު، އއ. ފެރިދޫގެ 2.11 ކިލޯމީޓަރުގެ ތިން މަގެއްގައި ވެސް ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. ބ. ކެންދޫގެ 2.23 ކިލޯމީޓަރުގެ ހަ މަގެއްގައި ސީޓީބީއާ އެކު ވެލި އެޅުމުގެ މަސައްކަތް ކުރާނެއެވެ. އއ. މަތިވެރީގެ 2.35 ކިލޯމީޓަރުގެ 10 މަގެއްގައި ވެސް ސީޓީބީއާ އެކު ވެލި އެޅުމަށް ނިންމާފައިވާއިރު، ފ. ބިލެތްފަހީގެ 2.46 ކިލޯމީޓަރުގެ ހަތަރު މަގެއްގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ.

ރ. ރަސްގެތީމުގެ 2.12 ކިލޯމީޓަރުގެ ހަ މަގަކާއި، ބ. ދަރަވަންދޫގެ 2.55 ކިލޯމީޓަރުގެ ހަތަރު މަގަކާއި، ފ. މަގޫދޫގެ 2.11 ކިލޯމީޓަރުގެ ހަތަރު މަގަކާއި، ފ. ފީއަލީގެ 2.46 ކިލޯމީޓަރުގެ 10 މަގެއްގައި ވެސް ތާރު އެޅުމުގެ މަސައްކަތް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

ށ. މާއުނގޫދޫގެ 3.25 ކިލޯމީޓަރުގެ ހަތް މަގެއްގައި ތާރު އެޅުމާއި، ކ. ދިއްފުށީގެ 2.36 ކިލޯމީޓަރުގެ ފަސް މަގެއްގައި ސީޓީބީއާ އެކު ވެލި އެޅުމުގެ މަސައްކަތް ކުރުމަށް ވެސް ވަނީ ނިންމައިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.