މައިގަނޑު ބަޔަށް ދާން

ހަބަރު

ސަވާހެލި ސިޓީ ކައުންސިލުން ވަކިކުރި މައްސަލައިގައި ޝާހިދު ސަރުކާރަށް ފާޑު ވިދާޅުވެއްޖެ

ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަވާހެލި ސަރުކާރުގެ ދަށަށް ގެންދިޔައީ އައްޑޫ ސިޓީ ކައުންސިލުން އެ ރަށުގައި މުނިފޫހިފިލުވުމާއި ރެކްރިއޭޝަން ފެސިލިޓީއެއް ކުއްޔަށްދީ ތަރައްޤީކޮށް ހިންގުމަށް ބީލަމަށް ހުޅުވާލާފައި ވަނިކޮށް ކަމަށެވެ. އެ މަޝްރޫޢަކީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ލިބި ފޭދޫގެ ފަތުރުވެރިކަމުގެ ޒޯނާއި އައްޑޫގެ އެހެން ރަށްތަކުގެ ގެސްޓްހައުސް ވިޔަފާރިއާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ ގުޅިލާމެހިފައި އޮތް އުއްމީދީ މަޝްރޫޢެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

އަހުމަދު އާހިލް ސައީދު

އެމްޑީޕީގެ ރައީސް، އަބްދުﷲ ޝާހިދު؛ ފޮޓޯ / އެމްޑީޕީ
އެމްޑީޕީގެ ރައީސް، އަބްދުﷲ ޝާހިދު؛ ފޮޓޯ / އެމްޑީޕީ

އައްޑޫ ސިޓީގެ އިޚްތިޞާޞުން ސަވާހެލި ވަކިކޮށް މަރުކަޒީ ސަރުކާރުގެ ދަށަށް ބަދަލުކުރި މައްސަލައިގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަވާހެލި ސަރުކާރުގެ ދަށަށް ގެންދިޔައީ އައްޑޫ ސިޓީ ކައުންސިލުން އެ ރަށުގައި މުނިފޫހިފިލުވުމާއި ރެކްރިއޭޝަން ފެސިލިޓީއެއް ކުއްޔަށްދީ ތަރައްޤީކޮށް ހިންގުމަށް ބީލަމަށް ހުޅުވާލާފައި ވަނިކޮށް ކަމަށެވެ. އެ މަޝްރޫޢަކީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ލިބި ފޭދޫގެ ފަތުރުވެރިކަމުގެ ޒޯނާއި އައްޑޫގެ އެހެން ރަށްތަކުގެ ގެސްޓްހައުސް ވިޔަފާރިއާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ ގުޅިލާމެހިފައި އޮތް އުއްމީދީ މަޝްރޫޢެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

"އެ ސިޓީގެ ރައްޔިތުންގެ މުސްތަޤުބަލާމެދު ގޮތް ނިންމަވަންވާނީ މާލޭގައި ފިނި ކޮޓަރީގައި ތިބޭބަޔެއްނޫން. އެސިޓީގެ ރައްޔިތުންގެ އަމިއްލަ މުސްތަޤުބަލު ބައްޓަންކުރާނެ ގޮތް ކަނޑައެޅުމުގެ ޙައްޤު އެސިޓީގެ ރައްޔިތުންނަށް އޮންނަން ވާނެ." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވަނީ ސަވާހެލި މިހިނދުން މިހިނދަށް އައްޑޫ ސިޓީގެ ރައްޔިތުންނާ އަނބުރާ ހަވާލުކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.