ހަބަރު

ހިމަބިއްސަށް ފަރުވާ ހޯދަމުންދިޔަ ޒުވާނަކު ނިޔާވެއްޖެ

ހިމަބިއްސަށް ފަރުވާ ހޯދަމުންދިޔަ ޒުވާނަކު ނިޔާވެއްޖެ

Ahmed Aahil Saeed

13 July 2026

0
ހިމަބިއްސަށް ފަރުވާ ހޯދަމުންދިޔަ ޒުވާނަކު ނިޔާވެއްޖެ

ހުޅުމާލެ ހޮސްޕިޓަލް -- ފޮޓޯ: ފައިލް ފޮޓޯ

ނިޔާވެފައިވަނީ 24 އަހަރުގެ ޒުވާނެކެވެ، އޭނާ ނިޔާވެފައިވަނީ ހުޅުމާލޭ ހޮސްޕިޓަލުގައި އެހެން ބައްޔަކަށް ފަރުވާ ހޯދަމުންދަނިކޮށެވެ.

ހިމަބިއްސަށް ފަރުވާ ހޯދަމުންދިޔަ ޒުވާނަކު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ 24 އަހަރުގެ ޒުވާނެކެވެ، އޭނާ ނިޔާވެފައިވަނީ ހުޅުމާލޭ ހޮސްޕިޓަލުގައި އެހެން ބައްޔަކަށް ފަރުވާ ހޯދަމުންދަނިކޮށެވެ.

އިތުބާރު ކުރެވޭ މަސްދަރަކުން "ނިއުސް ކާސްޓް" އަށް މައުލޫމާތު ދޭ ގޮތުގައި އޭނާ ހުޅުމާލޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނީ ހިމަބިހި ޖެހިގެނެއް ނޫނެވެ. އަދި އޭނާއަށް ހިމަބިހި ޖެހުނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އެހެން ބައްޔަކަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.

މި ދުވަސްވަރު ރާއްޖޭގައި ހިމަބިހި ހަލުވި ކަމާއި އެކު ފެތުރެމުން ދާއިރު، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ "އެޗްޕީއޭ" އިން ވަނީ ބަލިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން، މިދިޔަ ހަފުތާގެ ނިޔަލަށް 121 މީހެއް ވަނީ ހިމަބިއްސަށް ފައްސިވެފައެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ހިމަބިހި މިހާތަނަށް ގިނައިން ޖެހިފައިވަނީ ހިމަބިހި ވެކްސިން ނުޖަހާ މީހުންގެ މެދުގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް