މައިގަނޑު ބަޔަށް ދާން

ހަބަރު

އެމްޕީއެލްގެ ތެލުގެ ޚިޔާނާތުގައި ދެ މީހަކަށް އަށް އަހަރުގެ ޖަލު ހުކުމެއް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ގަތް ޑީސަލަށް ޚިޔާނާތްތެރިވި މައްސަލައިގައި ދެ މީހަކު އަށް އަހަރަށް ޖަލަށްލައި، ބަދަލުގެ ގޮތުގައި 13 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ދެއްކުމަށް ކޯޓުން ހުކުމްކޮށްފިއެވެ.

އެމްޕީއެލްގެ ތެލުގެ ޚިޔާނާތުގައި ދެ މީހަކަށް އަށް އަހަރުގެ ޖަލު ހުކުމެއް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ގަތް ޑީސަލަށް ޚިޔާނާތްތެރިވި މައްސަލައިގައި ދެ މީހަކު އަށް އަހަރަށް ޖަލަށްލައި، ބަދަލުގެ ގޮތުގައި 13 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ދެއްކުމަށް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ސ. ފޭދޫ ވާރުގޭ މުޙައްމަދު އައިމަން އާއި ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ސޮޖިބްގެ މައްޗަށެވެ. ދައުލަތުން ބުނެފައިވާ ގޮތުގައި އައިމަން 2019 ވަނަ އަހަރު އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ ޗީފް މެނޭޖަރުގެ މަގާމުގައި ހުރެ، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) މެދުވެރިކޮށް އެމްޕީއެލަށް ތެޔޮ ގަތުމުގެ މުޢާމަލާތްތަކުގައި، އެ ކުންފުންޏަށް ނުލިބޭ ތެޔޮ ލިބުނު ކަމަށް ދައްކައި ޖެނުއަރީ 13، 2020 އިން ފެށިގެން 10 އޮކްޓޫބަރު 2020 ގެ ނިޔަލަށް ތައްޔާރުކުރި 119 ޑެލިވަރީ ނޯޓުގައި ސޮއިކޮށްފައިވެއެވެ.

އެ މުއްދަތުގެ ތެރޭގައި އެމްޕީއެލަށް ނުލިބޭ 783,100 ލީޓަރުގެ ޑީސަލް ލިބިފައިވާ ކަމަށް ލިޔެކިޔުންތަކުން ދައްކުވައި، އެ ޑީސަލަށްވާ 6,799,800 ރުފިޔާ އެފްއެސްއެމަށް ދައްކާފައިވާ ކަމަށް ދައުލަތުން ބުނެފައިވެއެވެ. އެހެންކަމުން އައިމަންގެ މައްޗަށް ޚިޔާނާތްތެރިވުމުގެ ދައުވާ އާއި، މީހަކަށް ކަމެއް އޮޅުވައިލުމުގެ ނިޔަތުގައި އެނގިހުރެ ޞައްޙަ ނޫން ލިޔެކިޔުމެއްގައިވާ ކަމެއް ބަޔާންކުރުމުގެ ދައުވާ ކޮށްފައިވެއެވެ.

ކޯޓުން ދެ ދައުވާ ވެސް ސާބިތުވާ ކަމަށް ކަނޑައެޅީއެވެ. ޚިޔާނާތުގެ ކުށުގެ އަދަބެއްގެ ގޮތުން އައިމަން އަށް އަހަރަށް ޖަލަށްލައި، ޞައްޙަ ނޫން ލިޔެކިޔުމާ ގުޅޭ ކުށުގެ އަދަބެއްގެ ގޮތުން ނުވަ މަހާއި 18 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށް، ޚިޔާނާތްތެރިވި ޑީސަލަށްވާ 6,799,800 ރުފިޔާ ބަދަލުގެ ގޮތުގައި ދައުލަތަށް ދެއްކުމަށް އެންގީއެވެ. ސޮޖިބް ވެސް ޖުމްލަ އަށް އަހަރާއި ނުވަ މަހާއި 18 ދުވަހަށް ޖަލަށްލައި، ހަމަ އެ ޢަދަދު ކަމަށްވާ 6,799,800 ރުފިޔާ ދައުލަތަށް ދެއްކުމަށް ހުކުމްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.