ކުވައިތުގެ ޢަމީރަށް ރައީސްގެ ސިޓީފުޅެއް ފޮނުއްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ގޮތުގައި ކުވައިތަށް ވަޑައިގެން އުޅުއްވާ އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ރައީސްގެ ސިޓީފުޅެއް ކުވައިތުގެ ޚާރިޖީ މިނިސްޓަރަށް މިރޭ އަރުވައިފިއެވެ.

އެ ސިޓީފުޅަކީ ކުވައިތުގެ ޢަމީރު ޝައިޚް މިޝާލް އަލްއަހްމަދު އަލްޖާބިރު އައްޞަބާހަށް ރައީސް ފޮނުއްވެވި ސިޓީފުޅެކެވެ. ޑރ. ޝަހީމް އެ ސިޓީފުޅު އެރުވީ ކުވައިތުގެ ޚާރިޖީ މިނިސްޓަރު ޝައިޚް ޖައްރާ ޖާބިރު އަލްއަޙްމަދު އަލް ޞަބާހާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
ޑރ. ޝަހީމް ކުވައިތަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ ރައީސް ޑރ. މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ކުރައްވާ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް