ޙަސީނާ ފިއްލެވި ވީޑިއޯ ލީކުކުރި ކަމަށް ބެލެވޭ އެއާފޯސް އޮފިސަރު މަރުވެފައި އޮއްވާ ފެނިއްޖެ
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ޤައުމުން ފިއްލެވި މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާއަށް ދޫކޮށްލި ކަމަށް ބެލެވޭ، އެ ޤައުމުގެ ވައިގެ ސިފައިންގެ ކުރީގެ އޮފިސަރު ކޭ.އެމް ތަޙްސީފް ސޫރީ، ޢުމުރުން 28 އަހަރުގައި، ވެރިރަށް ޑާކާގެ ކޯރެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ޤައުމުން ފިއްލެވި މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާއަށް ދޫކޮށްލި ކަމަށް ބެލެވޭ، އެ ޤައުމުގެ ވައިގެ ސިފައިންގެ ކުރީގެ އޮފިސަރު ކޭ.އެމް ތަޙްސީފް ސޫރީ، ޢުމުރުން 28 އަހަރުގައި، ވެރިރަށް ޑާކާގެ ކޯރެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ތަޙްސީފް ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާގެ ހަށިގަނޑު ފެނުނީ މިމަހުގެ 28 ވަނަ ދުވަހުގެ ހަވީރު 4:30 ހާއިރު، ޑާކާގެ އުއްތަރުޚާން ސަރަޙައްދުގައި އޮންނަ ތުރާގް ކޯރުގެ ތެރެއިންނެވެ. ފުލުހުން ބުނާ ގޮތުގައި އޭނާގެ ޖީބުގައި އޮތް އައިފޯނުން އޭނާ ދެނެގަނެވުނުއިރު، އަތުކުރީ ގަޑިއެއް ވެސް އޮތެވެ.
ތަޙްސީފްގެ ޢާއިލާއިން ބުނާ ގޮތުގައި، ގެއްލުނު ދުވަހު އޭނާ މަންމައާ އެކު ބާޒާރުކުރަން ގޮސް އުޅުމަށްފަހު، އެ ރޭ ރަޙުމަތްތެރިއަކު ގުޅުމުން ބޭރަށް ނިކުތީއެވެ. ދަންވަރު 1:35 ހާއިރު ގެއަށް އަންނަ ކަމަށް ބުނެ މަންމައަށް މެސެޖުކުރި ފަހުން އެއްވެސް ޚަބަރެއް ނުވެ، ފޯނު ވެސް ނުނެގިއެވެ. ތަޙްސީފްގެ ބައްޕަ އެނާޔަތުލް ކަރީމް ބުނީ ހަށިގަނޑު ފެނުނު ސަރަޙައްދަށް އޭނާގެ ދަރިފުޅު ދާންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ.
ތަޙްސީފްގެ ދެބެންގެދެދަރި ކޮއްކޮ މުޝްފިކާ ޖަހާން ސޯޝަލް މީޑިއާގައި ތުހުމަތުކޮށްފައިވަނީ، ޙަސީނާ އަސްކަރީ ހެލިކޮޕްޓަރެއްގައި ޤައުމު ދޫކޮށް ވަޑައިގެންނެވި ވީޑިއޯ ހިއްސާކުރުމުގެ ސަބަބުން ތަޙްސީފް މަރާލީ ކަމަށެވެ. އެ ވީޑިއޯ ހިއްސާކުރުމާ ގުޅިގެން ވަޒީފާ ގެއްލި، ނަފްސާނީ ގޮތުންނާއި އެކި ގޮތްގޮތުން ބިރުދެއްކުމާއި ފުރައްސާރައާ ކުރިމަތިލާން ޖެހުނު ކަމަށް ވެސް ޢާއިލާއިން ތުހުމަތުކޮށްފައިވެއެވެ.
ތަޙްސީފަކީ އިންޑިއާގެ ޖާސޫސީ އިދާރާއަށް މަސައްކަތްކުރާ މީހެއް ކަމަށް ނޫހަކުން ޚަބަރު ފެތުރުމާ ގުޅިގެން ޕާސްޕޯޓް ދެ އަހަރަށް ހިފެހެއްޓި، ވަޒީފާއިން ވެސް ވަކިކޮށްފައިވާ މީހެކެވެ. މަރުވުމުގެ މަދު މަސްތަކެއް ކުރިން ޕޮޑްކާސްޓެއްގައި ވާހަކަދައްކަމުން އޭނާ ބުނެފައިވަނީ "ޤައުމަށްޓަކައި ޤުރުބާންވުމަށްވުރެ ބޮޑު ފަޚުރެއް ނޯންނާނެ" ކަމަށެވެ. ހަށިގަނޑު މިހާރު ވަނީ ޕޯސްޓްމޯޓަމް ހެދުމަށް ޝަހީދު ސުހްރަވަރްދީ މެޑިކަލް ކޮލެޖް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް