މައިގަނޑު ބަޔަށް ދާން

ދުނިޔެ

ބޫޓާނުގެ ޝިންތާޕޫ ކޯރު ފަޅައިގެން ގޮސް، އިންޑިއާގެ ދެ ސްޓޭޓަކަށް އެލާޓް ނެރެފި

ބޫޓާނުގެ އުތުރުގައި އޮންނަ ޝިންތާޕޫ ގަނޑުފެން ކޯރު ކުއްލިއަކަށް ފަޅައިގެން ދިއުމާ ގުޅިގެން ފެން ބޮޑުވެދާނެ ކަމުގެ ބިރަށް އިންޑިއާގެ ވެސްޓް ބެންގާލާއި އައްސާމުގައި ކުއްލި ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.

ބޫޓާނުގެ ޝިންތާޕޫ ކޯރު ފަޅައިގެން ގޮސް، އިންޑިއާގެ ދެ ސްޓޭޓަކަށް އެލާޓް ނެރެފި

ބޫޓާނުގެ އުތުރުގައި އޮންނަ ޝިންތާޕޫ ގަނޑުފެން ކޯރު ކުއްލިއަކަށް ފަޅައިގެން ދިއުމާ ގުޅިގެން ފެން ބޮޑުވެދާނެ ކަމުގެ ބިރަށް އިންޑިއާގެ ވެސްޓް ބެންގާލާއި އައްސާމުގައި ކުއްލި ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.

އިއްޔެ ހަވީރު ހިނގި މި ހާދިސާގައި ގާސާ ޑިސްޓްރިކްޓުގެ ލާޔާ ސަރަހައްދުގައި އޮންނަ ވާކީލާ ފަރުބަދައިގެ ތިރިން ބޭރުވި ފެންގަނޑު މޯ ޗޫ ކޯރުގެ ނިޒާމު ތެރެއިން ތިރިއަށް ދެމިގެން ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ބޫޓާނުގެ މި ކޯރުގެ ނިޒާމު ގުޅެނީ އިންޑިއާގެ ސަންކޮޝް ކޯރާ ކަމުން، ފެންގަނޑުގެ ނުރައްކާ އިންޑިއާ ފަޅިއަށް ވެސް ފޯރާފައިވެއެވެ.

ވެސްޓް ބެންގާލުގެ ފޮރެސްޓް މިނިސްޓަރު އަދި ކުމާރުގްރާމް އެމްއެލްއޭ މަނޯޖް ކުމާރު އޮރައޮން ވީޑިއޯ މެސެޖެއް މެދުވެރިކޮށް، އާލީޕުރްޑުއާރު ޑިސްޓްރިކްޓުގެ ސަންކޮޝް ކޯރު ކައިރީ ދިރިއުޅޭ ރައްޔިތުންނަށް އެ ސަރަހައްދު ދޫކޮށް ދިއުމަށް އެންގިއެވެ. އެ ސަރަހައްދުގައި ދިރިއުޅޭ ދަނޑުވެރިންނާއި ޢާންމުންނަށް އެއް ގަޑިއިރާއި ދޮޅު ގަޑިއިރުގެ ތެރޭގައި ފެންގަނޑު ފޯރައިފާނެ ކަމަށް ބުނެ، އުސް ތަންތަނަށް ދިއުމަށް ވެސް އިލްތިމާސްކުރިއެވެ. ކަމާ ބެހޭ ފަރާތްތަކުން ސައިރެން ޖަހައި ލައުޑް ސްޕީކަރު ބޭނުންކޮށްގެން ރައްޔިތުންނަށް ރައްކާތެރި ތަންތަނަށް ބަދަލުވުމަށް އިރުޝާދު ދީފައިވެއެވެ. ބޫޓާނުގައި ވެސް އަސަރު ކުރި ސަރަހައްދުތަކުގެ ރައްޔިތުން ރައްކާތެރި ސަރަހައްދުތަކަށް ގެންގޮސްފައިވެއެވެ.

ބޫޓާނުގެ ޢާންމުންނަށް ބޮޑެތި ގެއްލުންތަކެއް ލިބުނުކަން އަދި ކަށަވަރެއް ނުވެއެވެ. ނަމަވެސް އެ ސަރަހައްދުގައި ހުރި ސޯލާ ޕެނަލްތަކަކަށް ބޮޑެތި ގެއްލުން ލިބިފައިވެއެވެ. ކޯރުން ބޭރުވި ފެނުގެ މިންވަރު ވެސް އަދި ސާފެއް ނޫނެވެ. ބޫޓާނުގެ ނެޝެނެލް ސެންޓާ ފޮ ހައިޑްރޮލޮޖީ އެންޑް މީޓިއޮރޮލޮޖީ (އެންސީއެޗްއެމް) ގެ އޮފިޝަލަކު ބުނީ ފުރަތަމަ ރިޕޯޓުތައް ލިބުނު ވަގުތު ޓެކްސީމާޚާންގް މޮނިޓަރިން ސްޓޭޝަނުން އެލާޓެއް ނެރެފައި ނުވާ ކަމަށެވެ.

ޝިންތާޕޫ ކޯރަކީ ބޫޓާނުގައި ނުރައްކާ ވެދާނެ ކަމަށް ފާހަގަކޮށްފައިވާ 17 ގަނޑުފެން ކޯރުގެ ތެރެއިން އެއް ކޯރެވެ. ފިނިހޫނުމިން މައްޗަށް ދިއުމާ އެކު އިރުމަތީ ހިމާލަޔާގެ ގަނޑުފެން ކޯރުތަކުގައި ފެން ޖަމާވެ، ކުއްލިއަކަށް ފެޅުމުގެ ނުރައްކާ ބޮޑުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.