މައިގަނޑު ބަޔަށް ދާން

ހަބަރު

ސްޕެއިންގެ ރޭލު އެކްސިޑެންޓާ ގުޅިގެން ރައީސް ސްޕެއިންގެ ބޮޑުވަޒީރަށް ތަޢުޒިޔާ ފޮނުއްވައިފި

ސްޕެއިންގެ ދެކުނުގައި ހިނގި ރޭލު އެކްސިޑެންޓެއްގައި ގިނަ ބަޔަކު މަރުވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މި މަހުގެ 28 ވަނަ ދުވަހު ހިނގި މި އެކްސިޑެންޓުގައި 69 މީހުން މަރުވެ، 100 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.

ރައީސް މުޢިއްޒު ފޮނުއްވި މެސެޖުގައި، މި ހިތާމަވެރި ޙާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެފައިވެއެވެ. އަދި މި ޙާދިސާއާ ގުޅިގެން ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސްޕެއިންގެ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ހަމްދަރުދީ ފޮނުއްވާފައިވެއެވެ.

މީގެ އިތުރުން، މި ޙާދިސާގައި ދުނިޔެ ދޫކުރި ފަރާތްތަކުގެ ޢާއިލާތަކަށް ކެތްތެރިކަން މިންވަރުކޮށްދެއްވުމަށް އެދިވަޑައިގެން، ޒަޚަމްވި މީހުންނަށް އަވަސް ޝިފާއެއް ދެއްވުން އެދިވަޑައިގެންފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.