މައިގަނޑު ބަޔަށް ދާން

ދީން

ޢާއިލީ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަމާއި އެ ގުޅުން ކެނޑުމުގެ ނުރައްކާ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފި

ރަޙިމުގެ ގުޅުން ކަނޑައިލުމަކީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ނުރައްކާތެރި ޢަމަލެއް ކަމަށާއި އެފަދަ މީހަކު ސުވަރުގެ ނުވަންނާނެ ކަމަށް ބަޔާންކޮށް، ޢާއިލީ ގުޅުން ހަރުދަނާކުރުމުގެ މައުޟޫޢަށް ޚާއްޞަކޮށް މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުކުރު ޚުތުބާ އިއްވައިފިއެވެ.

ޢާއިލީ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަމާއި އެ ގުޅުން ކެނޑުމުގެ ނުރައްކާ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފި

ރަޙިމުގެ ގުޅުން ކަނޑައިލުމަކީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ނުރައްކާތެރި ޢަމަލެއް ކަމަށާއި އެފަދަ މީހަކު ސުވަރުގެ ނުވަންނާނެ ކަމަށް ބަޔާންކޮށް، ޢާއިލީ ގުޅުން ހަރުދަނާކުރުމުގެ މައުޟޫޢަށް ޚާއްޞަކޮށް މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުކުރު ޚުތުބާ އިއްވައިފިއެވެ.

ޚުތުބާގައި ފާހަގަކޮށްފައިވާ ގޮތުގައި، ހަރުދަނާ މުޖުތަމަޢެއް ބިނާކުރެވެނީ ޢާއިލާތައް ހަރުދަނާވެގެންނެވެ. ނަމަވެސް މިހާރު މުޖުތަމަޢުގެ އަޚުލާޤީ ފެންވަރު ދަށްވެ، ޢާއިލާތައް ރޫޅި ވިއްސިވިހާލިވަމުންދާ ކަމުގެ ޝަކުވާ ބޮޑުވެފައިވާ ކަމަށް ބުނެފައިވެއެވެ. މި ހާލަތު މެދުވެރިވާ ބޮޑު ސަބަބެއް ކަމުގައި ފާހަގަކޮށްފައިވަނީ ދަރިންނަށް ދެވޭ ތަރުބިޔަތާއި ތަޢުލީމެވެ.

އިސްލާމްދީނުގައި ރަޙިމުގެ ގުޅުމަށް ދެއްވާފައިވާ ޤަދަރު ބަޔާންކުރައްވަމުން ޚުތުބާގައި ބުނެފައިވަނީ، މި ގުޅުމަށް ނަންދެއްވާފައިވަނީ ވެސް މާތް ﷲ ގެ އިސްމުފުޅު "الرَّحْمَـٰن" އާ ގުޅުވައިގެން ކަމަށެވެ. ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ރިޒުޤު ތަނަވަސްވެ، ޢުމުރުގައި ބަރަކާތް ލެއްވޭ ކަމެއް ކަން ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްފުޅުން ސާބިތުވާ ކަމަށް ވެސް ބުނެފައިވެއެވެ.

މި ގުޅުން ކަނޑައިލުމުގެ ނުބައިކަން ހާމަކޮށް ޚުތުބާގައި ގެނެސްފައިވާ ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްފުޅުގައިވެއެވެ. (لَا يَدْخُلُ الْجَنَّةَ قَاطِعٌ) މާނައީ: "ރަޙިމުގެ ގުޅުން ކަނޑައިލާ މީހާ ސުވަރުގެއަކަށް ނުވަންނާނެއެވެ."

ޚުތުބާގައި އިތުރަށް ބުނެފައިވާ ގޮތުގައި، ޙަޤީޤީ ގާތްތިމާގެކަން ދަމަހައްޓާ މީހަކީ އަނެކާ އެ ގުޅުން ކަނޑައިލި ނަމަވެސް، އެ ގުޅުން ގުޅުވައި ދެމެހެއްޓުމުގައި ދެމިހުންނަ މީހާއެވެ. އެއީ ވިޔަފާރީގެ އުޞޫލުން ބަދަލުދިނުން ނޫން ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ. ޢާއިލީ ގުޅުން ބަދަހިކުރުމުގެ ބިންގަލަކީ ދަރިންނަށް ރަނގަޅު ތަރުބިޔަތެއް ދިނުން ކަމުގައި ވާތީ، މާއްދީ ކަންކަމުގެ އިތުރުން އިސްލާމީ އަދަބުތަކާއި ދީނީ ވާޖިބުތަކަށް ދަރިން އަހުލުވެރިކުރުވައި، އުމުރުން ހަތް އަހަރުވުމުން ނަމާދަށް އަމުރުކުރުމަށް ޚުތުބާގައި ވަނީ މައިންބަފައިންނަށް ނަސޭހަތްތެރިވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.