މައިގަނޑު ބަޔަށް ދާން

ހަބަރު

އިންޑިއާގެ ހިލޭ އެހީގައި ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ޤާއިމުކުރުމުގެ އެމްއޯޔޫގައި ސޮއިކޮށްފި

އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ) ގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާ ގުޅޭ ފަހުމުނާމާ (އެމްއޯޔޫ) އެއްގައި އިއްޔެ ސޮއިކޮށްފިއެވެ.

އިންޑިއާގެ ހިލޭ އެހީގައި ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ޤާއިމުކުރުމުގެ އެމްއޯޔޫގައި ސޮއިކޮށްފި

އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ) ގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާ ގުޅޭ ފަހުމުނާމާ (އެމްއޯޔޫ) އެއްގައި އިއްޔެ ސޮއިކޮށްފިއެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޢިރުތިޝާމް ޢާދަމެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ޖީ. ބާލަސުބްރަމާނިއަންއެވެ. މަޝްރޫޢު ތަންފީޒުކުރާ އިދާރާގެ ފަރާތުން ސޮއިކުރެއްވީ ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢުއެވެ.

ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޢިރުތިޝާމް ވިދާޅުވީ، މިއީ ރަށްރަށުގެ މުޖުތަމަޢުތަކަށް ފިޓްނަސް އަދި ރެކްރިއޭޝަން ވަސީލަތްތައް ފުޅާކޮށް، ދުޅަހެޔޮ ދިރިއުޅުމެއް ގެނެސްދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރަށް ލިބުނު ބޮޑު ބާރެއް ކަމަށެވެ. މީގެ ކުރިން މި އަހަރު ޖުލައި މަހު 42 ރަށެއްގައި މިފަދަ ވަސީލަތްތައް ޤާއިމުކުރުމަށް އެއްބަސްވެފައިވާ ކަމަށާއި، އެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ. އިއްޔެ ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން އިތުރު ތިން ރަށަކަށް އެ އެހީތެރިކަން ފުޅާވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރު ރާފިޢު ވިދާޅުވީ މި ސެންޓަރުތަކުގެ ސަބަބުން ކަސްރަތާއި މުނިފޫހިފިލުވުމާއި އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ފަސޭހަ މާޙައުލެއް ޤާއިމުވާނެ ކަމަށެވެ. ހުރިހާ ޢުމުރެއްގެ މީހުންނަށް، ޚާއްޞަކޮށް އަންހެނުންނާއި ޒުވާނުންނަށް ކުޅިވަރާއި ކަސްރަތުގެ ދާއިރާއިން އިތުރު ފުރުޞަތުތައް ފަހިވެ، މުޖުތަމަޢުގެ ޢާންމު ދުޅަހެޔޮކަން އިތުރުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ދެ މިނިސްޓަރުން ވަނީ ރާއްޖޭގެ މުޖުތަމަޢުތައް ތަރައްޤީކުރުމަށް އިންޑިއާ ސަރުކާރުން ދެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވައިފައެވެ. މިނިސްޓަރު ޢިރުތިޝާމް ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި، އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރަށާއި، ހައިކޮމިޝަނަރު ބާލަސުބްރަމާނިއަންއާއި އެ ޓީމަށް ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް ކުރައްވާ މަސައްކަތަށް ޚާއްޞަ ޝުކުރެއް އަދާކުރައްވައިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.