މައިގަނޑު ބަޔަށް ދާން

ކުޅިވަރު

15 އަހަރުން ދަށުގެ ޓީމުން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް މޮޅަކުން މުބާރާތް ނިންމާލައިފި

ފީފާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕް އެންޑް ފެސްޓިވަލް 2026 ގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖޭގެ ޒުވާން ގައުމީ ޓީމުން ބްރިޓިޝް ވާޖިން އައިލެންޑްސް 2-0 އިން ބަލިކޮށް މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

އަޒަރުބައިޖާނުގައި ކުރިއަށްދިޔަ މި މުބާރާތުގައި ރާއްޖެއިން ޖުމްލަ ފަސް މެޗު ކުޅުނުއިރު، ކުރިން ކުޅުނު ހަތަރު މެޗުން މޮޅެއް ހޯދޭ ގޮތެއް ނުވެއެވެ. އޭގެ ތެރެއިން އަންގީލާއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.

ރާއްޖެ ހިމެނުނު ގުރޫޕުގައި ދެން އޮތީ ފްރާންސް، އެސްޓޯނިއާ، އަންގީލާ، ދެކުނު އެފްރިކާ އަދި ކޮސޯވޯއެވެ. މި މުބާރާތުގައި ހޯދި ނަތީޖާތަކާ އެކު ރާއްޖޭގެ ރޭންކިން ކުރިން އޮތް 189 ވަނައިން 159 ވަނައަށް ކުރިއަށް ޖެހިފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.