ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު 5-0 އިން ރާއްޖެ ބަލިކޮށްފި
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު ރަހުމަތްތެރިކަމުގެ މެޗުގައި ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމުން ރާއްޖޭގެ ޒުވާން ޓީމު 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށްފިއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު ރަހުމަތްތެރިކަމުގެ މެޗުގައި ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމުން ރާއްޖޭގެ ޒުވާން ޓީމު 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށްފިއެވެ.
ފަލަސްތީނުން ޖެހި ފަސް ގޯލު ވެސް ކާމިޔާބުކުރީ މެޗުގެ ފުރަތަމަ ހާފުގައެވެ. އެ ޓީމުގެ ފުރަތަމަ ގޯލު 19 ވަނަ މިނެޓުގައި ޖެހީ ޒެއިން މުހައްމަދެވެ. އޭގެ ނުވަ މިނެޓު ފަހުން ތޯހާ ދެވަނަ ގޯލު ކާމިޔާބުކޮށްދިންއިރު، ތިންވަނަ ގޯލު ޖެހީ ޔަޒާނެވެ. ފަހު ދެ ގޯލު ވެސް ކާމިޔާބުކޮށް ހެޓްރިކް ފުރިހަމަކުރީ ޒެއިން މުހައްމަދެވެ.
ފަލަސްތީނުގެ ޓީމުން ރާއްޖެއަށް އައިސް ކ. ގުރައިދޫގައި ކޭމްޕުކުރަމުން ދަނީ ކުރިއަށް އޮތް އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަނަށް ތައްޔާރުވުމުގެ ގޮތުންނެވެ. ކުރިން ކުރި ކޭމްޕް ދަތުރުގައި ވެސް ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗު ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއަކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް